Advertisement

ރައީސް މުއިއްޒާއި ސަރުކާރުގެ އިސްވެރިން ތިލަމާލެ ބްރިޖު ސައިޓު ބައްލަވާލައްވައިފި

22 ނޮވެންބަރު 2023 - 19:09 0

ނިމާ ހަސަން

ނިމާ ހަސަން

ރައީސް މުއިއްޒު, ތިލަމާލެ ބްރިޖު ސައިޓަށް ވަޑައިގެން އެ މަޝްރޫއުގެ މަސައްކަތްތައް ބައްލަވާލައްވަނީ -- ފޮޓޯ: އިޔާން/ އަދަދު


ރައީސް މުއިއްޒާއި ސަރުކާރުގެ އިސްވެރިން ތިލަމާލެ ބްރިޖު ސައިޓު ބައްލަވާލައްވައިފި

22 ނޮވެންބަރު 2023 - 19:09 0

ރައީސް ޑރ. މުހައްމަދު މުއިއްޒު, މާލެ-ތިލަފުށި ބްރިޖު ސައިޓަށް ވަޑައިގެން އެ މަޝްރޫއުގެ މަސައްކަތްތައް ބައްލަވާލައްވައިފި އެވެ.

އެމަނިކުފާނުގެ އަރިހުގައި ކެބިނެޓުގެ ބައެއް ވަޒީރުންނާއި ރައީސްގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުالله ވެސް ބްރިޖް ސައިޓަށް ވަޑައިގެންނެވި އެވެ.

ކުރީ ސަރުކާރުގައި ފެށި ތިލަމާލެ މަޝްރޫއަކީ އިންޑިއާއިން ފަންޑުކޮށްގެން 500 މިލިއަން ޑޮލަރަށް ހިންގާ މަޝްރޫއެކެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނަކާއި, އިންޑިއާއިން ދޭ ހިލޭ އެހީގެ ގޮތުގައި ދޭ 100 މިލިއަން ޑޮލަރެވެ.

ބްރިޖުގެ މަސައްކަތް ކުރާ ސައިޓު; މިއަދު ރައީސް މުއިއްޒު ވަނީ އެތަން ބައްލަވާލައްވާފައި -- ފޮޓޯ: އިޔާން/ އަދަދު


    ބުރިޖުގެ މުހިންމު މައުލޫމާތު


    ދިގުމިން: 6.7 ކިލޯ މީޓަރު ހަރަދު: 7.7 ބިލިއަން ރުފިޔާ ކޮންޓްރެކްޓަރު: އިންޑިއާގެ އެފްކޮންސް ބްރިޖުގެ މަސައްކަތުގައި: 1،500 މީހުން ގުޅިފަޅާ ހަމައަށް 50 ތަނބު

އެ މަޝްރޫއުން ވިލިމާލެއާއި ތިލަފުށި އަދި މާލެ ގުޅާލާއިރު, މި އަހަރު ފަހުކޮޅަށް ވިލިމާލޭގެ އިތުރުން ގުޅީފަޅާ ހަމައަށް ގުޅާލެވޭނެ ކަމަށް ކުރީ ސަރުކާރުން ބުނެފައިވެ އެވެ. އެހެން ނަމަވެސް އެ މަސައްކަތް ލަސްވެ, މިހާތަނަށް ވިލިަމާލެއާ ހަމައަށް ވެސް މަސައްކަތް ނުނިމެ އެވެ.

މި ސަރުކާރުގެ އަމާޒަކީ އެ މަސައްކަތުގެ ސްޕީޑް ހަލުވިކޮށް ވީހާ ވެސް އަވަހަކަށް ނިންމުމެވެ. އެގޮތުން އެކަމަށް އިންޑިއާ އާއި ރާއްޖޭގެ މަންދޫބުން ހިމެނޭ ކޮމިޓީއެއް ނަގާނެ ކަމަށް ބުނެފައިވެ އެވެ.

މިހާރުގެ ރައީސަކީ، ޕީޕީއެމްގެ ކުރީ ސަރުކާރުގައި މާލެ އާއި ހުޅުމާލެ ގުޅުވާލި ސިނަމާލެ ބްރިޖް ޕްރޮޖެކްޓުގެ ކަންކަން އެންމެ އިސްކޮށް ބެލެހެއްޓެވި އޭރުގެ ހައުސިން މިނިސްޓަރެވެ.