Advertisement

ދީނާ ހިލާފު ވާހަކަތައް ހުރި ފޮތްތައް ސްކޫލްތަކުން ނަގަނީ

22 ނޮވެންބަރު 2023 - 17:34 0

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

އެޑިޔުކޭޝަން މިނިސްޓަރު ޑރ އިސްމާއިލް ޝަފީއު، ސްކޫލްތަކުގައި ހުރި ބައެއް ފޮތްތައް ނެގުމަށް ވަނީ އަންގާފައި - ފޮޓޯ އެޑިޔުކޭޝަން މިނިސްޓްރީ


ދީނާ ހިލާފު ވާހަކަތައް ހުރި ފޮތްތައް ސްކޫލްތަކުން ނަގަނީ

22 ނޮވެންބަރު 2023 - 17:34 0

އިސްލާމް ދީނާ ހިލާފު ވާހަކަތައް ހުރި ފޮތްތައް ސްކޫލްތަކުން ނެގުމަށް އަންގައިފި އެވެ.

އެޑިޔުކޭޝަން މިނިސްޓަރު ޑރ އިސްމާއިލް ޝަފީއު ސޮއިކުރައްވައި އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި ސާކިޔުލާގައި ބުނީ ރާއްޖޭގެ ސްކޫލްތަކުގެ ލައިބްރަރީތަކުގައި ބޭނުންކުރާ ބައެއް ފޮތްތަކާއި ބައެއް އިތުރު އެހެން ވަސީލަތްތަކުގައި އިސްލާމް ދީނާ ރާއްޖޭގެ ސަގާފަތާ ހިލާފު ބައެއް ކަންކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން، ސްކޫލްތަކުން ބޭނުން ކުރާ މިފަދަ ތަކެއްޗަކީ ދީނާ ސަގާފަތާ ހިލާފު ނޫން ތަކެތިކަން ކަށަވަރު ކުރުމަށް މިނިސްޓްރީން ވަނީ އަންގާފަ އެވެ.

މީގެ އިތުރުން އަމިއްލަ ފަރާތްތަކުން ހުށަހަޅާ މިފަދަ ތަކެތި ސްކޫލްތަކުގައި ބޭނުން ކުރުމުގެ ކުރިން އެއީ ބޭނުންކުރުން އެކަށީގެންވާ ތަކެތިތޯ ޔަގީންކުރުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.

އަދި ދީނާ ސަގާފަތާ ހިލާފު ވަސީލަތްތައް ހުރިނަމަ، މިނިސްޓްރީއާ ގުޅިގެން އެފަދަ ތަކެތި ނައްތާލުމަށް މިނިސްޓްރީން އެދިފައިވެ އެވެ.