Advertisement

ސިފްކޯ ހިޔާ އަދި ވިނަރެސް ފްލެޓްތަކަށް ހާއްސަ ފްލޯރިން ޕެކޭޖްތަކެއް އީވޯއިން

26 ނޮވެންބަރު 2023 - 10:15 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް


ސިފްކޯ ހިޔާ އަދި ވިނަރެސް ފްލެޓްތަކަށް ހާއްސަ ފްލޯރިން ޕެކޭޖްތަކެއް އީވޯއިން

26 ނޮވެންބަރު 2023 - 10:15 0

ސިފައިންގެ ފްލެޓް، ސިފްކޯ ހިޔާ އަދި ވިނަރެސް ފްލެޓްތަކަށް ހާއްސަ ފްލޯރިން ޕެކޭޖްތަކެއް އީވޯއިން ތައާރަފަކޮށްފި އެވެ.

މި ޕެކޭޖްތަކުގެ ތެރޭގައި ލެމިނޭޓް އަދި ވައިނަލް ދެ ވައްތަރުގެ ފްލޯރިން، ޕްރޮފައިލް އަދި ސްކާޓިންގެ އިތުރުން 27،000ރ. އަށް ވުރެ މަތީގެ ޕެކޭޖްތައް ނަގާ ކަސްޓަމަރުންނަށް ހިލޭ ފްރޯރިން އަޅައިދިނުން ހިމެނެ އެވެ.

ލެމިނޭޓް ފްލޯރިން

ލެމިނޭޓް ފްލޯރިންއަކީ ހަލާކުނުވެ ދިގު މުއްދަތަކަށް ދެމިގެންދާ އަދި ސާފުކުރަން ފަސޭހަ ފްލޯރިންއެކެވެ. މީހުން ދިރިއުޅޭ ތަންތަނުގައި ބޭނުން ކުރުމަށް މިއީ ފެންވަރު ރަނގަޅު އުފެއްދުމެކެވެ.

އެކި ތީމްތަކަށް ކޮޓަރި ޒީނަތްތެރިކުރަން ބޭނުންވާ ފަރާތްތަކަށް މި ބާވަތުގެ އެކި ޑިޒައިން އަދި ކުލަތަކުގެ ފްލޯރިން ބޭނުންކުރެވޭނެ އެވެ.

ލެމިނޭޓް ފްލޯރިންއަކީ 100 ޕަސެންޓް ލަކުޑިން އުފައްދާ އެއްޗެކެވެ. އީވޯއިން ލިބެން ހުންނާނީ މި ބާވަތުގެ އެންމެ ފެންވަރު ރަނގަޅޫ ލަކުޑީގެ ފްލޯރިން އެވެ.

ވައިނަލް ފްލޯރިން

މިއީ 100 ޕަސެންޓު ވޯޓާ ޕްރޫފް އަދި އާޓިފިޝަލް ސަބްސްޓެންސްތައް ބޭނުންކޮށްގެން އުފައްދާ ފްލޯރިން އެކެވެ. މި އުފެއްދުން ދިގު މުއްދަތަކަށް ދެމިގެންދިއުމުގެ އިތުރުން ގޭތެރޭގެ ރީތިކަމާއި ފުރިހަމަކަން އިތުރުކޮށްދެ އެވެ.

އެކި ކުލަ އަދި ޑިޒައިންތަކުގެ ކޮލިޓީ ރަނގަޅު ވައިނަލް ފްލޯރިން އީވޯއިން ލިބެން ހުންނާނެ އެވެ.

މި ޕެކޭޖްތަކާއި ބެހޭ އިތުރު މައުލޫމާތު 3341819 މި ނަމްބަރަށް ގުޅައިގެން އަދި މި އީމެއިލްއަށް މެއިލްކޮށްލުމުން ލިބޭނެ އެވެ.