Advertisement

ޔޫއެސްއެއިޑުގެ އޮފީހެއް ރާއްޖޭގައި ގާއިމްކުރަނީ

20 ނޮވެންބަރު 2023 - 14:07 1

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

ޔޫއެސްއޭއައިޑީގެ އެޑްމިނިސްޓްރޭޓަރު ސަމަންތާ ޕަވަރ ރައީސް މުހައްމަދު މުއިއްޒުއާ ސަލާމްކުރައްވަނީ - ފޮޓޯ: ޔޫއެސްއައިޑީ


ޔޫއެސްއެއިޑުގެ އޮފީހެއް ރާއްޖޭގައި ގާއިމްކުރަނީ

20 ނޮވެންބަރު 2023 - 14:07 1

ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) ގެ ދާއިމީ އޮފީހެއް ރާއްޖޭގައި ގާއިމްކުރަން ނިންމައިފި އެވެ.

ޔޫއެސްއެއިޑްގެ އެޑްމިނިސްޓްރޭޓަރު ސަމަންތާ ޕަވާ ވިދާޅުވީ ޔޫއެސްއެއިޑްގެ އޮފީހެއް ރާއްޖެއަށް ތައާރަފްކުރުމަށް ނިންމާފައިވާ ކަމަށާއި އެ އޮފީހުގެ މަސައްކަތަކަށް ވާނީ ޔޫއެސްއެއިޑުގެ ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުން ކަމަށެވެ.

މީގެ ކުރިން 2001 ވަނަ އަހަރުން ފެށިގެން ޔޫއެސްއެއިޑުން އަންނަނީ ކާރިސާގެ ހިރާސްތައް ކުޑަކުރުމަށާއި ތިމާވެށީގެ ވަސީލަތްތައް ދެމެހެއްޓުމަށް ރާއްޖެއަށް ޒަމާނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިފަދަ އޮފީހެއް ގާއިމް ކުރުމުން ޔޫއެސްއެއިޑުން ރާއްޖެއަށް މެދުކެނޑުމެއްނެތި ފޯރުކޮށްދެމުންދާ އެހީތައް އިތުރުވެގެން ދާނެ ކަމަށް އެޖެންސީއިން ހާމަކުރެ އެވެ.

އޭގެ އިތުރުން، ދެ ގައުމުގެ މެދުގައި އޮތް ގުޅުން ވަރުގަދަވެ، ރާއްޖޭގެ މާހައުލަށް ފެތޭ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް އެހީއަކަށް ވެގެންދާނެ ކަމަށް ވެސް އެ އެޖެންސީން މައުލޫމާތު ދެ އެވެ.

މި އޮފީސް ގާއިމްކުރުމާއެކު ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެ، ރާއްޖޭގެ ޑިމޮކްރަސީ އާއި ޓްރާންސްޕޭރެންސީގެ ދާއިރާ ހަރުދަނާކުރުމަށް މަސައްކަތް ކުރާނެ ކަމަށް އެ އެޖެންސީއިން މައުލޫމާތުދެ އެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި ފައިނޭންޝަލް މެނޭޖްމަންޓް އަދި ޑިމޮކްރަސީގައި އާންމުންގެ ބައިވެރިވުން އިތުރު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް އެ އެޖެންސީއިން ބުނެ އެވެ.

އެމެރިކާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ބަދަހި ކުރުމަކީ ދެ ގައުމުން ވެސް އެދޭ ގޮތް ކަމަށް ޔޫއެސްއެއިޑުން ފާހަގަކުރެ އެވެ. މި އަހަރުގެ ތެރޭގައި ޔޫއެސްގެ އެމްބަސީއެއް ރާއްޖޭގައި ގާއިމްކޮށް، އެގައުމުގެ ރެޒިޓެންޑް ސަފީރެއް ވެސް ރާއްޖެއަށް ވަނީ ކަނޑައަޅައިފަ އެވެ.