20 ނޮވެންބަރު 2023 - 18:51 0
މަރިޔަމް އަފާ ނިޒާމް
އެސްޓީއޯއިން ވިއްކާ ހިޓާޗީ ފްރޮޖްގައި "ހަކަތަރި" ލޭބަލް ޖަހަން ފަށައިފި -- ފޮޓޯ: އެސްޓީއޯ
20 ނޮވެންބަރު 2023 - 18:51 0
ކަރަންޓު އާލާތްތައް ހިންގުމަށް ހަކަތަ ހޭދަވާ މިންވަރު އަންގައިދޭ ދިވެހި ލޭބަލް، "ހަކަތަރި" ލޭބަލް އެސްޓީއޯއިން ވިއްކާ ހިޓާޗީ ފްރިޖްތަކުގައި ވެސް ޖަހަން ފަށައިފި އެވެ.
މިފަދަ އާލާތްތަކުގައި "ހަކަތަރި" ލޭބަލްޖެހުމަކީ ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށް ބާރު އެޅުމަށް، އެންވަޔަރަމަންޓް މިނިސްޓްރީން 2021 ވަނަ އަހަރު ފެށި މަސައްކަތެކެވެ.
އެސްޓީއޯ އިން ބުނި ގޮތުގައި ހަކަތަރި ލޭބަލް ހުންނާނީ އެކަކުން ފެށިގެން ފަހަކާއި ހަމައަށް ދަރަޖަ ގިންތި ކޮށްފަ އެވެ. ލޭބަލްގައި އެއް ނަމްބަރު ޖަހާފައިވާ ވަސީލަތަކަކީ ހިންގުމަށް އެންމެ ގިނައިން ކަރަންޓު ބޭނުންވާ ޕްރޮޑަކްޓްތަކެވެ. އަދި ލޭބަލްގެ ނަންބަރު މަތިވާ ވަރަކަށް އަންގައިދެނީ، ހިންގުމަށް ކަރަންޓު ބޭނުންކުރާ މިންވަރު މަދުކަމެވެ.
އެސްޓީއޯއިން މިހާރުވަނީ އެ ކުންފުނިން ވިއްކާ ހިޓާޗީ ފްރިޖްގެ 14 މޮޑެލްއެއްގައި ހަކަތަރީގެ ލޭބަލް ޖަހާފަ އެވެ. މި 14 މޮޑެލްގެ ތެރޭގައި ތިން ތަރި އަދި ހަތަރު ތަރީގެ ލޭބަލް ހިމެނޭ ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.
އެސްޓީއޯއަކީ ހަކަތަ ސަމަކާރަ ލޭބަލް ޖަހަން ފެށި ފުރަތަމަ ކުންފުންޏެވެ. މިދިޔަ އަހަރުގެ މެއި މަހުގައި އެސްޓީއޯއިން ވަނީ އެ ކުންފުނިން ވިއްކާ ހަ މޮޑެލްއެއްގެ އޭސީގައި، ކަރަންޓު ބޭނުންވާ މިންވަރު އަންގައިދޭ ދިވެހިން ލިޔެފައިވާ ލޭބަލް ޖަހާފަ އެވެ.
އެސްޓީއޯއިން ލޭބަލް ޖެހި އޭސީގެ ތެރޭގައި އާއްމު އޭސީތަކަށް ވުރެ 42 ޕަސެންޓު ކަރަންޓް މަދުން ކަރަންޓު ބޭނުންކުރާ އެއާ ކޮންޑިޝަންތައް ހިމެނެ އެވެ.
Comment