Advertisement

އޮފްސައިޑް ގަވާއިދު ބަދަލުކުރަން ވެންގާގެ ހުށަހެޅުން ދިރާސާކުރަނީ

19 ނޮވެންބަރު 2023 - 12:45 0


އޮފްސައިޑް ގަވާއިދު ބަދަލުކުރަން ވެންގާގެ ހުށަހެޅުން ދިރާސާކުރަނީ

19 ނޮވެންބަރު 2023 - 12:45 0

ޒިއުރިކް (ނޮވެމްބަރު 19) - ދުނިޔޭގެ ފުޓްބޯޅައިގައި މިހާރު ބަލަމުން އަންނަ އޮފްސައިޑް ގަވާއިދު ބަދަލުކުރަން އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ ހުށަހެޅުން ދިރާސާކުރަން ދުނިޔޭގެ ފުޓްބޯޅައިގެ ގަވާއިދުތައް ކަނޑައަޅާ އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑް (އައިފެބް) އިން ނިންމައިފި އެވެ.

މިހާރު އޮފްސައިޑް ކަމަށް ބަލަމުން އަންނަނީ ގޯލު ޖަހަން ހުއްދަ ގުނަވަނެއް ޑިފެންޑަރެއްގެ ފަހަތުގައި ހުރެއްޖެކަމަށް ވާނަމަ އޮފްސައިޑް ވާގޮތަށެވެ. އެ ގޮތުން ޑިފެންޑަރުންގެ ފަހަތުގައ އެޓޭކުކުރާ ކުޅުންތެރިޔާގެ އަތް އޮތަސް އެއީ އޮފްސައިޑްކަމަށް ނުބަލަ އެވެ. މި ވަގުތު ދުނިޔޭގެ ބައެއް ލީގު ތަކުގައި ސެމީ އޮޓޮމޭޓެޑް އޮފްސައިޑް ޓެކްނޮލޮޖީއެއް ވެސް އަންނަނީ ބޭނުން ކުރަމުންނެވެ.

ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރު) މެދުވެރިކޮށް ރޮނގު އަޅައިގެން އޮފްސައިޑް ނިންމުންތައް ނިންމައިގެން މި ސީޒަންގައި ގިނަ ބަޔަކު އަންނަނީ ހިތްހަމަ ނުޖެހުންފާޅު ކުރަމުންނެވެ. އެ ގޮތުން ދެ ފަހަރު ދެ ގޮތަށް ރޮނގުދެމުމާއި، ކުޅުންތެރިން ކައިރި ކައިރީގައި ތިބޭއިރުު ރޮނގު ދަމަން އުނދަގޫވުމުގެ ސަބަބުން ބައެއް ނިންމުންތައް ގޯސްކޮށް ނިންމެ އެވެ.


މިކަމަށް ހައްލެއް ހޯދުމަށް ފީފާގެ ގްލޯބަލް ފުޓްބޯލް ޑިވެލޮޕްމަންޓްގެ ޗީފް އާސެން ވެންގާ ވަނީ އާ ހިޔާލެއް ހުށަހަޅައިފަ އެވެ. ވެންގާގެ ހުށަހެޅުމަކީ ކުޅުންތެރިޔާގެ ހަށިގަނޑު ހުރިހާ ގުނަވަނެއް ޑިފެންޑަރުގެ ކުރީގައި ހުރުމެވެ. އޭރުން ރޮނގު ދަމަން ފަސޭހަވެފައި އޮފްސައިޑްވެފައިވާ މިންވަރު ބަލަންވެސް ރޮނގު ބަލަންތިބޭ ރެފްރީންނަށް ވެސް ފަސޭހަވުމެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އައިފެބް އިން މިހާރު އަންނަނީ ވެންގާގެ މި ހުށަހެޅުން ބަލައި ދިރާސާ ކުރަމުންނެވެ.

ވެންގާ ގަބޫލުކުރާ ގޮތުގައި އޭނާގެ ހުށަހެޅުމާ އެއްގޮތަށް އޮފްސައިޑް ގަވާއިދު ބަދަލުކޮށްފި ނަމަ ޑިފެންޑަރުންގެ ފެންވަރުވެސް މަތިވާނެ އެވެ. ސަބަބަކީ އިތުރު ސަމާލުކަމެއް ޑިފެންޑަރުން ދޭން ޖެހި އޮފްސައިޑް މަޅި ޖެހުމުގައި އާ ކަންތައްތަކެއް ބޭނުންކުރުމަށް މަޖުބޫރުވުމެވެ.

ދުނިޔޭގެ އެންމެ މަގުބޫލު ލީގު ކަމަށްވާ އިނގިރޭސި ޕްރިމިއަ ލީގުގެ ކުރީކޮޅު އޮފްސައިޑް ގޯލުތަކާއި ހުރެ ވީއޭއާރަށް އަަންނަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވަމުންނެވެ. ރެފްރީންނާ ދެކޮޅަށް ވާހަކަދައްކާފައިވާތީ ބައެއް ޓީމްތަކުގެ ކޯޗުންނަށް އިނގިރޭސި އެފްއޭއިން ވަނީ އަދަބުވެސް ދީފަ އެވެ.