11 ނޮވެންބަރު 2025 - 13:19 0
11 ނޮވެންބަރު 2025 - 13:19 0
ލަންޑަން (ނޮވެމްބަރު 11) - އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އެ ކްލަބްގެ ކަންކަން ނިންމުމުގައި އާޓިފިޝިއަލް އިންޓަލިޖެންސް (އޭއައި) އަށް މާ ބޮޑަށް ބަރޯސާވާތީވެ، އެ ކްލަބްގެ ކުރީގެ ކޯޗު އާސެން ވެންގާ އެ ކަމަށް ފާޑުކިޔައިފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ މިދިޔަ ތިން ސީޒަނުގެ ވެސް ދެ ވަނަ ހޯދި އާސެނަލް މި ފަހަރުގެ ސީޒަނުގައި 11 މެޗަށް ފަހު ލީގުގެ އެއް ވަނައިގައި އޮތީ ހަތަރު ޕޮއިންޓުގެ ލީޑަކާ އެކު އެވެ.
އާސެނަލްގެ ކޯޗު، އާޓެޓާ ދާދި ފަހުން އިންޓަވިއުއެއްގައި ވަނީ އޭއައި އިން ބަލައިގެން ވަރަށް ގިނަ މައުލޫމާތު ހޯދައި ނިންމުންތައް ނިންމާފައިވާނެ ކަމަށް ބުނެފަ އެވެ. އެ ގޮތުން އާޓެޓާ އެންމެ ބޮޑަށް ފާހަގަކުރީ އިދިކޮޅު ޓީމުތަކުގެ މައުލޫމާތު ހޯދުމާއި އިންޖަރީތަކާ މެދު ކަންކަން ނިންމުމަށް އޭއައި ބޭނުންކުރެވިދާނެ ކަމަށެވެ. އެކަމަކު، އެ ކަންކަމުގެ ތަފްސީލަކަށް އާޓެޓާ ނުދެ އެވެ.
އާސެނަލްގެ ކުރީގެ ކޯޗު ވެންގާ އެ ޓީމާ ހަވާލުވެ ހުރިއިރު އާޓެޓާ ވަނީ އެ ޓީމުގެ ކެޕްޓަންކަން ކޮށްފައި.
އާސެނަލްގެ ކޯޗެއްގެ ގޮތުގައި ހޭދަކުރި 22 އަހަރު ހޭދަކޮށް، ފީފާގެ ގްލޯބަލް ފުޓްބޯލް ޑިވެލޮޕްމަންޓްގެ އިސް ވެރިއަކަށް ހުރި ވެންގާ ބުނީ، އޭއައި އިން އެހީ ހޯދައިގެން ރަނގަޅު ނިންމުންތަކެއް ނިންމިދާނެ ކަމަށާއި އޭއަައި އަކީ ކޮލިޓީ އެކުލެވިގެންވާ ޒަމާނީ އެހީތެރިއެއް ކަމަށެވެ.
"އެކަމަކު، ވިސްނަން ޖެހޭ، އެއައި އިން ވަކި އެއްޗެއް ބުނާއިރު، ކޯޗަށް އެއަށް ވުރެން ރަނގަޅު ގޮތެއް ނިންމިދާނެ. ކަންކަމުގެ ކޮންޓްރޯލް އިންސާނުން އަތުގައި އޮންނަހާ ހިނދަކު، އެ ބާރުގެ ބޭނުން އިންސާނުން ހިފަން ޖެހޭނީ އޭގެ ކޮންޓްރޯލް ނުގެއްލޭ ގޮތަށް، މީގެ ގޯސްވާނެ ހިސާބަކީ، ނިންމުންތަކުގެ ކޮންޓްރޯލް ހަމައެކަނި ސައިންސަށް ބަލައިގެން އަންނަ ހިސާބުން،" ވެންގާ ބުންޏެވެ.
ވެންގާ ވަނީ ފާއިތުވި ފަސް އަހަރު އާސެނަލްގެ ކޯޗަކަށް ހުރެ އާޓެޓާ އެ ކްލަބަށް ހޯދައިދެމުން އަންނަ ކުރިއެރުމާއި މިހާރު އެ ކްލަބްގައި އެކުލަވާލައިފައި އޮތް ސްކޮޑަކީ އާޓެޓާގެ ރަނގަޅު މަސައްކަތެއް ކަމަށް ބުނެފަ އެވެ.
Comment