Advertisement

އީއައިއޭ ނުހަދައި 21 ރަށެއްގެ އިންޖީނުގެ އެޅުމުން ފެނަކަ 4 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފި

19 ނޮވެންބަރު 2023 - 13:20 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ފެނަކަ ތިނަދޫ ބްރާންޗް -- ފޮޓޯ: އަދަދު


އީއައިއޭ ނުހަދައި 21 ރަށެއްގެ އިންޖީނުގެ އެޅުމުން ފެނަކަ 4 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފި

19 ނޮވެންބަރު 2023 - 13:20 0

އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ނުހަދާ ، ފެނަކަ ކޯޕަރޭޝަނުން 21 ރަށެއްގެ އިންޖީނުގެ އެޅުމުގެ އަމަލީ މަސައްކަތް ފަށާފައި ވާތީ އެ ކުންފުނި ހަތަރު މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އީއައިއޭ ނުހަދައި ފެނަކައިން 21 ރަށެއްގެ އިންޖީނުގޭގެ މަސައްކަތް ފެށުމުގެ މައްސަލަ އެ އެޖެންސީން ބަލައި އެ މައްސަލައާ ގުޅިގެން އެއްކުރެވުނު މައުލޫމާތުން އެކަން ޔަގީންކުރެވިފައިވާކަމަށެވެ.

އެގޮތުން ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދުގެ ދަށުން 4،200،000ރ. (ހަތަރު މިލިއަން ދެލައްކަ ދިވެހިރުފިޔާ) އިން ފެނަކަ ކޯޕަރޭޝަން ޖޫރިމަނާ ކުރެވިފައިވާކަމަށް އީޕީއޭގެ އިއުލާނުގައި ބުންޏެވެ. ޖޫރިމަނާ އަށްވާ އެ ފައިސާ މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އީޕީއޭއަށް ދެއްކުމަށް ވެސް އެ އޭޖެންސީން ވަނީ ފެނަކައަށް އަންގާފަ އެވެ.

އިންޖީނުގެ އެޅުމުގެ ތެރެއިން ފެނަކައިން ގަވާއިދާއި ހިލާފުވެފައިވާ ރަށްތައް

  1. ހދ. ފިނޭ
  2. ހއ. އުލިގަމް
  3. ހއ. އުތީމު
  4. ގދ. މާވަރުލު
  5. ށ. ފޭދޫ
  6. ށ. މާއުނގޫދޫ
  7. ހއ. ދިއްދޫ
  8. ރ. ރަސްގަތީމު
  9. ރ. ކިނޮޅަސް
  10. ނ. ކެނދިކުޅުދޫ
  11. ހއ. މުރައިދޫ
  12. ށ. ކޮމަންޑޫ
  13. ނ. ފޮއްދޫ
  14. ޅ. ކުރެންދޫ
  15. ހދ. ކުޅުދުއްފުށި
  16. ހދ. ކުމުންދޫ
  17. ދ. މީދޫ
  18. ލ. މާބައިދޫ
  19. ހއ. މޮޅަދޫ
  20. ގދ. ރަތަފަންދޫ
  21. ގއ. ވިލިނގިލި

ބައެއް ރަށްރަށުގެ އިންޖީނުގެ މަސައްކަތްތައް ކުރުމުގެ ތެރޭގައި 27 ފަހަރަށް ފެނަކަ އިން ގަވައިދާ ހިލާފުވެފައިވާކަން މި އިއުލާނުގައި ބުންޏެވެ. އަދި އީޕީއޭއިން ވަނީ މީގެ ކުރިންވެސް ފެނަކައިން ތިމަވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާބެހޭ ގަވާއިދަށް ހަ ފަހަރަކު ހިލާފުވުމާއި ގުޅިގެން އެ އެޖެންސީން ފިޔަވަޅު އަޅާފައިވާކަން ވެސް ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން ފެނަކައިން ކުރިއަށްގެންދާ މަޝްރޫއުތައް ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން، އެ ގަވާއިދުގައި ބަޔާންކޮށްފައިވާ މަރުހަލާތަށް ފުރިހަކުރުމަށްފަހު ކުރިޔަށް ގެންދިޔުމަށް ވެސް އީޕީއޭއިން ވަނީ އެ ކުންފުންޏަށް އަންގާފަ އެވެ.