Advertisement

އަމާޒަކީ މަޑުމަޑުން ކުރަމުން އައި ކަންކަން ހަލުވި ސްޕީޑަށް ގެންދިޔުން: ރައީސް

18 ނޮވެންބަރު 2023 - 23:17 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

މާފަންނު ގަޑިބުރު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވާހަކަދައްކަވަނީ --- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


އަމާޒަކީ މަޑުމަޑުން ކުރަމުން އައި ކަންކަން ހަލުވި ސްޕީޑަށް ގެންދިޔުން: ރައީސް

18 ނޮވެންބަރު 2023 - 23:17 0

އަމާޒަކީ ކުރީ ސަރުކާރުން މަޑުމަޑުން ކުރަމުން އައި މަސައްކަތްތައް ބާރު ސްޕީޑަކަށް ބަދަލުކޮށް ސަރުކާރުގެ ކަންތައްތައް ވަރަށް ހަލުވި މިނެއްގައި ކުރިއަށްގެންދިއުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާފަންނު ގަޑިބުރުގައި ތަރައްގީކޮށް އިފްތިތާހުކުރުމަށް މިރޭ ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ހުރިހާ ވަޒީރުންވެސް ތިއްބެވީ ރައްޔިތުންނަށް ހިދުމަތް ކުރުމަށްޓަކައި ތައްޔާރަށް ކަމަށާއި މި ސަރުކާރުން ރެޔާއި ދުވާލު އެގޮތަށް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

އިންތިގާލީ ކޮމިޓީތަކުން ހޯދާފައި ހުރި މައުލޫމާތު ތަކުގެ އަލީގައި ހުރިހާ ވަޒީރުންވެސް މަސައްކަތްތައް ފަށައިގަންނާނެ ކަަމަށް ރައީސް މުއިއްޒު ވިދާޅުވި އެެވެ. މަޑުމަޑުން ކުރިއަށްދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި މަސައްކަތްތަކުގެ ތެރޭގައި މާލެ މީހުންނަށް ގޯތި ދިނުމާއި ތިލަމާލެ ބްރިޖު، ގިރާވަރު ފަޅުގެ މަޝްރޫއު ހިމެނެ އެވެ.

"ދެން ފެނިގެންދާނީ ކައުންސިލުތައް ރައްޔިތުން އެދޭ ގޮތަށް ބާރު ސްޕީޑުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާ އެކީގަ ހިނގަމުންދާ ތަން. އެގޮތުން މާލޭގައިވެސް އަޅުގަނޑުގެ މޭޔަރަކަށް ހުރިއިރު ހުއްދަ ނުދިން، ރައްޔިތުން އެދިފައި ހުރި ހުރިހާ މަޝްރޫއެއް ވެސް ދެން ބާރު ސްޕީޑުގައި ހިނގަމުންދާނެ" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ މަސައްކަތްތަކުގެ ތެރޭގައި ހާއްސަކޮށް މާލޭގައި ހަދަން ސިޓީ ކައުންސިލުން ޕްލޭން ކޮށްފައިހުރި ޕާކިން ބިލްޑިންތަކުގެ މަޝްރޫއު ހިމެނޭ ކަމަށެވެ. އެ މަޝްރޫއު ކުރިޔަށް ގެންދަން ފުރުސަތު ސަރުކާރުން ދޭނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

މާލޭގެ މަގު ހެދުމުގެ މަޝްރޫއު ވެސް ދެން ފެށިގެންދާނެ ކަމަށާއި އެކަން ކުރުމަށްޓަކައި ބަޖެޓުގައިވެސް ޖާގަ އުފައްދާފައިވާނެ ކަަމަށް ރައީސް ވިދާޅުވި އެވެ. އެ މަޝްރޫއުތައް ކުރިއަށްގެންދަން ރާވާފައިވަަނީ ބޭރުގެ އެހީތެރިކަން ހޯދައިގެން ކަމަށާއި މާލޭގައި ހުރި އެފަދަ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް އިސްކަން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.