Advertisement

ރައީސް މުއިއްޒު މުލީއާގެއަށް ބަދަލުވެވަޑައިގަންނަވާނީ ޑިސެމްބަރު މަހު

18 ނޮވެންބަރު 2023 - 11:26 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ބޭރުގެ އިއްޒަތްތެރިންގެ ޝަރަފުގައި ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ބައްދަލުވުމުގައި، ރައީސް މުއިއްޒުގެ ދެމަފިރިކަނބަލުންނާއި ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފުގެ ދެމަފިރިކަނބަލުން. -- ފޮޓޯ: ރައީސް އޮފީސް


ރައީސް މުއިއްޒު މުލީއާގެއަށް ބަދަލުވެވަޑައިގަންނަވާނީ ޑިސެމްބަރު މަހު

18 ނޮވެންބަރު 2023 - 11:26 1

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އާއިލާ، ރަސްމީގެކޮޅު، މުލީއާގެއަށް ބަދަލުވެވަޑައިގަންނަވާނީ އަންނަ މަހު ކަމަށް އެނގިއްޖެ އެވެ.

ރައީސް މުއިއްޒު މިިހާރު ދިރިއުޅުއްވަމުން ގެންދަވަނީ އެ މަނިކުފާނުގެ އަމިއްލަ ގެ މ. ދިމްޔާތުގަ އެވެ.

ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ހަލީލު އަދަދު ނޫހަށް ވިދާޅުވީ ރައީސް މުއިއްޒު މުލީއާގެއަށް ބަދަލުވެވަޑައިގަތުން ރައީސް ލަސްކުރެއްވީ އެ ގެކޮޅުގައި މަރާމާތުތަކެއް ކުރިއަށް ގެންދާތީ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފުސީލެއް ނުދެއްވަފަ އެވެ.

އެނގިފައިވާ ގޮތުގައި މުލިއާގޭގައި ކުރިއަށް ދަނީ އިތުރު ދެ ކޮޓަރި ހެދުމުގެ މަސައްކަތެވެ. އެއީ ރައީސް މުއިއްޒު އާއި އަނބިކަނބަލުން އަދި ތިން ބޭފުޅުން ބަދަލުވުމަށެވެ.

ރައީސް މުއިއްޒުގެ ތިން ބޭފުޅުން، އިއްޔެ ބޭއްވި ހުވާކުރެއްވުމުގެ ޖަލްސާއަށް ވަޑައިގަންނަވަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވެސް ރަސްމީ ގެކޮޅު ހިލާލީގެއަށް އަދި ބަދަލުވެވަޑައިނުގަންނަވަ އެވެ.

ހިލާލީގޭގައި ވެސް މަރާމާތުތަކެއް ކުރަމުންދާ ކަމަށް ހަލީލު ވިދާޅުވި އެވެ.

އަދަދު ނޫހަށް އެނގިފައިވާ ގޮތުގައި ހިލާލީގޭގެ މަރާމާތުގެ މަސައްކަތްތައް ވަރަށް އަވަހަށް ނިންމުމަށް ފަހު ނައިބު ރައީސް ބަދަލުވެވަޑައިގަންނަވާނެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މުލީއާގެ ދޫކުރައްވާ ބަދަލުވެވަޑައިގެންނެވީ މި މަހުގެ 10 ގަ އެވެ. އެމަނިކުފާނާއި އަނބިކަނބަލުން ފަޒްނާ އަހްމަދު މުލިއާގެއަށް ދިރިއުޅުން ބަދަލުކުރެއްވީ ނޮވެމްބަރު 30, 2018 ގަ އެވެ.