Advertisement

މިއީ ތާރީހުގައި އެންމެ ދަރަނި ބޮޑު ވަގުތު: މުއިއްޒު

17 ނޮވެންބަރު 2023 - 17:42 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައީސް ޑރ.،މުހައްމަދު މުއިއްޒު މަގާމުގެ ހުވާކުރެއްވުމަށް ފަހު ގައުމާ މުހާތަބުކުރައްވަނީ. ވިދާޅުވީ މިއީ ތާރީހުގައި ވެެސް އެންމެ ދަރަނި ބޮޑު ވަގުތުކަމަށް އެމަނިކުފާނު ވިދާޅުވި. ފޮޓޯ: ރައްޔިތުންގެ މަޖިލިސް


މިއީ ތާރީހުގައި އެންމެ ދަރަނި ބޮޑު ވަގުތު: މުއިއްޒު

17 ނޮވެންބަރު 2023 - 17:42 0

ވެރިކަމާ މިއަދު ހަވާލުވެވަޑައިގެންނެވި އިރު އޮތް ދައުަލަތުގެ ދަރަންޏަކީ ރާއްޖޭގެ މާާލީ ހަޔާތުގައި މިހައިތަނަށް އުފެދުނު އެންމެ ބޮޑު ދަރަނި ކަމަށް ވިދާޅުވެ، ރާއްޖޭގެ މިވަގުތުގެ މާލީ ހާލަތަލީ "ފުން އަނދަވަޅެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ސިފަކުރައްވައިފި އެެވެ.

ރައިސްކަމުގެ ހުވާކުރެއްވުމަށް ފަހު ގައުމާ މުހާތަބުކުރެއްވި ތަގުތީރުގައި މުއިއްޒު ވިދާޅުވީ ދަރަނި އެވަރަށް އޮތް ނަމަވެސް އެކަމުން އަރައިގަތުމަށް ހަލުވި ވިޔަވަޅުތަކެއް އަަޅުއްވާނެ ކަމަށެވެ. އެމަނިކުފާނު ސިފަކުރެއްވި ގޮތުގައި ރާއްޖެގެ އިގުތިސާދު އޮތީ އަވަސް ފަރުވާއަކަށް ބޭނުންނެފަ އެވެ.

"މިއަދު އަޅުގަނޑުމެން ދިވެހި ދައުލަތާ ހަވާލުވާ އިރު ދިވެހި ދައުލަތުގެ ދަރަނި ވަނީ އެކު ޖުމްލަ 119 ބިލިިޔަން ރުފިޔާއަށް އަރާފައި. މިއީ ރާއްޖޭގެ މުޅި މާލީ ހަޔާތުގައި ވެސް ދިވެހި ތާރީހު ދުށް އެންމެ ބޮޑު ދަރަނި. އެހެން ނަމަވެސް މިކަންކަމުން އަރައިގަތުމަށް ޓަކައި އަޅުގަނޑުމެން ނިކަން ހަރުދަނާ ވަރަށް ހަލުވި ފިޔަވަޅުތައް އަޅާނަން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެއަށް އާމްދަނީ ލިބޭނެ އަވަސް މަގުތައް ހޯދުން މިހާރު އޮތީ ލާޒިމުވެފަ އެވެ. އެކަމަށް ޓަކައި އަޅުއްވާނެ އެންމެ މުހިއްމު ފިޔަވަޅެއް ކަމަށް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރަން ފަށާފައިވާ މަޝްރޫއު އަވަހަށް ނިންމުމެވެ. އެ އެއާޕޯޓްގެ އާ ޓާމިނަލް ވަރަށް އަވަހަށް ހުޅުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އޭގެ ސަބަބުން ފަތުރުވެރިކަމަށް ވަރަށް ބޮޑު ތިޔާގިކަމެއް އަންނާނެ. މިހާރު ރާއްޖެ އަންނަ ފަތުރުވެރިންނަށް ވުރެ އެތައް ގުނައެއް އިތުރަށް ފަތުރުވެރިން ރާއްޖެ އަންނާނެ،" ރައީސް ވިދާޅުވި އެވެ.

ދަރަނިކުޑަކުރުމަށް ޓަކައި އަޅުއްވާނެ އަނެއް ފިޔަވަޅަކީ އެމަނިކުފާނު ވިދާޅުވި ގޮތުގައި ހަަރަދުކުޑަކުރާނެ އާ ގޮތްތައް އީޖާދު ކުރުމެވެ.