Advertisement

ުއުރުގުއޭ އިން އާޖެންޓީނާގެ ރެކޯޑް ނިމުމަކަށް ގެނެސްފި

17 ނޮވެންބަރު 2023 - 15:59 0


ުއުރުގުއޭ އިން އާޖެންޓީނާގެ ރެކޯޑް ނިމުމަކަށް ގެނެސްފި

17 ނޮވެންބަރު 2023 - 15:59 0

ބީނޯސް އެރީޒް، އާޖެންޓީނާ (ނޮވެމްބަރު 17) - ފީފާ ވޯލްޑް ކަޕްގެ ދެކުނު އެމެރިކާގެ ކޮލިފައިން ބުރުގައި ރޭ 2-0 އިން އުރުގުއޭގެ އަތްދަށުވެ، އާޖެންޓީނާ އިން 14 މެޗަށް ފަހު ފުރަތަމަ ފަހަރަށް ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

އާޖެންޓީނާ އެންމެ ފަހުން ބަލިވެފައިވަނީ މިދިޔަ އަހަރު، ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ސައުދީ އަރަބިއްޔާ އަތުންނެވެ. އެ މެޗުން ބަލިވި ނަމަވެސް އާޖެންޓީނާ އިން ވަނީ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގެ ދެކުނު އެމެރިކާގެ ބައިގައި ރޭގެ މެޗުގެ ކުރިން އާޖެންޓީނާ އިން ކުޅުނު ހަތަރު މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. އެކަމަކު، އުރުގުއޭ އިން އާޖެންޓީނާ ދަނޑުގައި ވަނީ އެ ޓީމުގެ ފުރިހަމަ ފެށުމަށް ނިމުން ގެނެސްފަ އެވެ.

މެޗުގެ 41 ވަނަ މިނިޓްގައި ރޮނާލްޑް އަރައުހޯ ވަނީ އުރުގުއޭ އަށް ލީޑުނަގައިދީފަ އެވެ. މިއީ، ވޯލްޑް ކަޕް ފައިނަލުގައި ފްރާންސް އިން އާޖެންޓީނާ ކޮޅަށް ޖެހި ގޯލަށް ފަހު އެ ޓީމު ކޮޅަށް ވަން ފުރަތަމަ ލަނޑެވެ. އާޖެންޓީނާ ކޮޅަށް ގޯލެއް މި ވަނީ އަށް މެޗަށް ފަހު އެވެ. އުރުގުއޭ އަށް މި މޮޅު ކަށަވަރުކޮށްދިން ގޯލު ޖެހީ މެޗުގެ 87 ވަނަ މިނިޓްގައި ޑާވިން ނޫނޭޒް އެވެ.

މެޗަށް ފަހު އާޖެންޓީނާގެ ކެޕްޓަން، ލިއޮނަލް މެސީ ވަނީ އުރުގުއޭގެ ކޯޗުކަމާ ހަވާލުވެ، އާޖެންޓީނާގެ ކޯޗު މާސެލޯ ބިއެލްސާ ކުރަމުން އަންނަ މަސައްކަތަށް ތައުރީފުކޮށްފަ އެވެ. މެސީ ބުނީ ބިއެލްސާގެ ކޯޗިންގެ ތަފާތު އުރުގުއޭގެ ކިބައިން މިހާރު ވެސް ފެންނަމުން އަންނަ ކަމަށެވެ.

ކޮލިފައިންގައި ރޭ ބްރެޒިލް ކުޅުނު މެޗުން ވަނީ 2-1 އިން ކޮލަމްބިއާ އަތުން ބަލިވެފަ އެވެ. މިއީ، 2015 ވަނަ އަހަރަށް ފަހު، އާޖެންޓީނާ އާއި ބްރެޒިލް އެއް މެޗު ދުވަހެއްގައި ކޮލިފައިން ބުރުގައި ބަލިވި ފުރަތަމަ ފަހަރެވެ.

ބްރެޒިލް މި ވަގުތު ކޮލިފައިން ބުރުގެ ފަސް ވަނައިގައި އޮތްއިރު، އެ ޓީމުން ރޭ ލީޑުނެގީ ގަބްރިއެލް މާޓިނެލީ ޖެހި ގޯލުންނެވެ. ކޮލަމްބިއާ މޮޅުވީ މެޗުގެ ފަހު 15 މިނިޓްގައި ދެ ގޯލު ޖަހައިގެންނެވެ. ހަތަރު މިނިޓް ތެރޭ މި ދެ ލަނޑު ޖެހީ ލުއިޒް ޑިއާޒް އެވެ. ޑިއާޒް ވަނީ މި ދެ ގޯލު އޭނާގެ ބައްޕަ އަށް ހާއްސަ ކޮށްފަ އެވެ. އުރުގުއޭގެ ގްރޫޕަކުން މިދިޔަ ހަފްތާގައި ވަނީ ޑިއާޒްގެ ބައްޕަ އާއި މަންމަ ރަހީނުކޮށްފަ އެވެ. މީގެ ތެރެއިން، އޭނާގެ ބައްޕަ ސަލާމަތްކުރެވުނީ ގިނަ ދުވަސްތަކެއްގެ މަސައްކަތަށް ފަހު އެވެ.

ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިން އެއް ވަނައިގައި އާޖެންޓީނާ އޮތީ ފަސް މެޗުން 12 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އުރުގުއޭ އަށް 10 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ކޮލަމްބިއާގެ އޮތީ ނުވަ ޕޮއިންޓެވެ. ހަތަަރެއްގައި އޮތް ވެނެޒުއޭލާގެ އަށް ޕޮއިންޓް އޮތްއިރު، ފަސް ވަނައިގައި އޮތް ބްރެޒިލްގެ އޮތީ ހަތް ޕޮއިންޓެވެ.