Advertisement

އަމިއްލަ ނަފްސާ މެދު އޮންނަ ޔަގީންކަން ވަރުގަދަކުރާނީ ކިހިނެއް؟

18 ނޮވެންބަރު 2023 - 09:35 0

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ


އަމިއްލަ ނަފްސާ މެދު އޮންނަ ޔަގީންކަން ވަރުގަދަކުރާނީ ކިހިނެއް؟

18 ނޮވެންބަރު 2023 - 09:35 0

އަމިއްލަ ނަފްސާ މެދު އޮންނަ ޔަގީންކަން ވަރުގަދަވުމަކީ ކޮންމެ މީހަކަށްވެސް މުހިންމު ކަމެކެވެ. އެއީ އެހެން މީހުން ތިމާއާ މެދު ދެކޭ ގޮތާއި މެދު ނުވިސްނާ، އަމިއްލަ ގޮތްތަކެއްގެ މަތީގައި މިނިވަންކަމާއެކު އުޅުމަށް ފަހިކޮށްދޭނެ ކަމެކެވެ. ތިމާ ގަބޫލުކުރާ ކަންކަމާ އެއްގޮތަށް ދިރިއުޅުން ބައްޓަންކުރުމަށް، އަމިއްލަ ނަފްސާ މެދު އޮންނަ ޔަގީންކަން ވަރުގަދަ ކުރުމަކީ މުހިންމު ކަމެކެވެ.

އަމިއްލަ ނަފްސާ މެދު އޮންނަ ޔަގީންކަން ވަރުގަދަ ކުރުމަށް ކުރާ މަސައްކަތަކީ މުޅި އުމުރު ދުވަހުވެސް ކުރަން ޖެހޭ އަދި އެކަމުގެ ސަބަބުން އެތައް ފައިދާތަކެއް ވާނެ ކަމެކެވެ. މި ލިޔުމުގައި މި ހިމަނާލަނީ އަމިއްލަ ނަފްސަށް އިހްތިރާމްކޮށް އަމިއްލަ ނަފްސާމެދު އޮންނަ ޔަގީންކަން ދަމަހައްޓާނެ ބައެއް ގޮތްތަކަށެވެ.

  • "ނޮން – ނެގޯޝިއޭބަލް" ކަންކަން ކަނޑައެޅުން

"ނޮން – ނެގޯޝިއޭބަލް" ކަންކަން ކަނޑައެޅުމަކީ އަމިއްލަ ނަފްސަށް އިހްތިރާމްކުރަން ދަސްވެ އަމިއްލަ ނަފްސާ މެދު އޮންނަ ޔަގީންކަން ވަރުގަދަވާނެ ކަމެކެވެ. އެއީ ހުރިހާ ކަމެއްގައިވެސް ހައްދުތަކެއް ކަނޑައަޅައި އަމިއްލަ ނަފްސުގެ ދުޅަހެޔޮކަން ކަށަވަރުކޮށްދޭނެ ކަމެކެވެ.

އެކަމުގެ ސަބަބުން ކުރަން ބޭނުންނުވާ ކަންކަން ކުރުމުން ދުރުވެވޭނެ އެވެ. އަދި ތިމާއަށް ކުރުން މުހިންމު ކަންކަން ކަމަށް ދެކޭ ކަންކަމަށް އިސްކަން ދިނުމަށް އެހީވެދޭނެ އެވެ.

  • އަމިއްލަ ނަފްސަށް ވާ ވައުދުތައް ދެމެހެއްޓުން
  • އަމިއްލަ ނަފްސަށް ވާ ވައުދުތައް ފުއްދުމަކީ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑުކޮށްދޭނެ ކަމެކެވެ. މި ފަދަ ވައުދުތައް ފުއްދުމަކީ އަމިއްލަ ނަފްސުގެ ދުޅަހެޔޮކަން ކަށަވަރުކޮށް އަމިއްލަ ނަފްސާ މެދު އޮންނަ ލޯބި އިތުރުވާނެ ކަމަކެވެ.

    މިފަދަ ކަންކަމުގެ ތެރޭގައި ނަފްސުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުރާނެ ކަންކަމަށް ވައުދުވުން، ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ހިމެނެއެވެ.

    އަމިއްލަ ނަފްސަށް ވާ ވައުދުތައް ނުފުއްދުމަކީ ނަފްސާ މެދު ޝައްކުކޮށް މާޔޫސްވާން މެދުވެރިވާނެ ކަމެކެވެ.

    • ތިމާ ބޭނުންވާ ކަންކަން ދެނެގަތުން

    އަމިއްލަ ނަފްސާ މެދު އޮންނަ ޔަގީންކަން ވަރުގަދަކުރުމަށް ތިމާ ބޭނުންވާ ކަންކަމާއި ހާސިލް ކުރަން ބޭނުންވާ ކަންކަން ދެނެގަތުން މުހިންމެވެ. މީގެ ތެރޭގައި އަމިއްލަ ދިރިއުޅުމުގެ ކަންކަން، ވަޒީފާ ނުވަތަ ކިޔެވުމާއި ގުޅުން ހުރި ކަންކަން ހިމެނެ އެވެ.

    ތިމާ ބޭނުންވާ ކަންކަން ދެނެގަނެ އެކަންކަން ހާސިލު ކުރަން މަސައްކަތް ކުރުމަކީ އުފާވެރިކަމާއި ހިތްހަމަޖެހުން ގެނުވާނެ ކަމެކެވެ. އަދި ހަގީގަތުގައި ތިމާ ބޭނުންވާ ކަންކަން ދެނެގަނެ އެކަންކަމަށް މަސައްކަތް ކުރުމަށް އެހީވެދޭނެ އެވެ.

    އަމިއްލަ އިހުސާސްތަކަށް ވިސްނައި، ބޭނުންވާ ކަންކަމަށް އިސްކަން ދިނުމަކީ އަމިއްލަ ނަފްސަށް އޮންނަ ލޯބި އިތުރުވެ ނަފްސާ މެދު އޮންނަ ޔަގީންކަން އިތުރުވާނެ ކަމެކެވެ.

    އަމިއްލަ ނަފްސާ މެދު އޮންނަ ޔަގީންކަން ދެމެހެއްޓުމަށް މަސައްކަތްކުރުމަކީ މަޑު މަޑުން ކުރަން ފަށައިގަނެވޭނެ ކަމެކެވެ. އަދި އެކަމަށް ކުރާ މަސައްކަތުގައި ހާސިލުވާ ކުދި ކުދި ކާމިޔާބީތައް ފާހަގަކުރުމަކީ އަމިއްލަ ނަފްސަށް އޮންނަ ޔަގީންކަން އަށަގަނެ، އެކަމަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.