Advertisement

ރައީސް ސޯލިހުގެ ފަހު ރަސްމީ ބައްދަލުވުން ލަންކާގެ ރައީސް ރަނިލްއާ އެކު

16 ނޮވެންބަރު 2023 - 21:12 0

ރައީސް އާއި ރަނިލް ބައްދަލުކުރައްވަނީ. އެމަނިކުފާނުގެ ވެރިކަމުގައި ވެސް ރަނިލް ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވި --- ފޮޓޯ: ރައީސް އޮފީސް


ރައީސް ސޯލިހުގެ ފަހު ރަސްމީ ބައްދަލުވުން ލަންކާގެ ރައީސް ރަނިލްއާ އެކު

16 ނޮވެންބަރު 2023 - 21:12 0

ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ބާއްވަވާ އެންމެ ފަހު ރަސްމީ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލަންކާގެ ރައީސް ރަނިލް ވިކްރަމްސިންހުއާ ބައްދަލުކުރައްވައިފި އެވެ.

ރަނިލް ރާއްޖެ ވަޑައިގެންނެވީ މާދަމާ އޮންނަ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.

އިރުއޮއްސުނު ވަގުތު ރާއްޖެ ވަޑައިގެންނެވި ރަނިލް ވަނީ މިރޭގެ ވަގުތެއްގައި ރައީސް އޮފީހަށް ވަޑައިގެން ރައީސް ސޯލިހުއާ ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ އިގުތިސާދީ ބޮޑު ކާރިސާއަކުން އަރައިގަނެ ލަންކާއިން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ތަފްސީލީ ގޮތެއްގައި ވާހަކަފުޅު ދައްކަވާފަ އެވެ.

އެމަނިކުފާނުގެ ސަރުކާރުގައި ރާއްޖެ އާއި ލަންކާއާ ދެމެދު އޮތް ގުޅުން ބަދަހި ކުރެއްވުމަށް ރަނިލް ކޮށްދެއްވި މަސައްކަތްތަކަށް ވެސް ރައީސް ސޯލިހު ޝުކުރު އަދާކުރެއްވި އެވެ. އަދި, ދެ ގައުމުގެ މެދުގައި ބައިލެޓަރަލް އެގްރިމެންޓުތައް ސޮއިކުރެވިގެންދިޔަކަން ފާހަގަކުރެއްވި އެވެ.

ރައީސް ސޯލިހުގެ ވެރިކަމުގައި ހުންނެވިއިރު ވެސް ރަސްމީ ދަތުރުފުޅެއްގައި ވެސް ރަނިލް ރާއްޖެ ވަޑައިގެންނެވި އެވެ.