Advertisement

ކްލައިމެޓް ވަލްނަރަބިލިޓީ ފޯރަމުން ލަންކާގެ ދަނޑުވެރިކަމަށް 120 މިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓެއް

7 މޭ 2024 - 18:42 0

ސީވީއެފުން ލަންކާއަށް ހޯދައިދިން އިންވެސްޓްމެންޓްގެ އެއްބަސްވުމުގައި ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނަޝީދު ސޮއިކުރައްވަނީ.


ކްލައިމެޓް ވަލްނަރަބިލިޓީ ފޯރަމުން ލަންކާގެ ދަނޑުވެރިކަމަށް 120 މިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓެއް

7 މޭ 2024 - 18:42 0

މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުމުން އަރައިގަތުމަށް ގައުމުތަކަށް އެހީތެރިވާން 68 ގައުމެއް ގުޅިގެން އުފައްދާފައިވާ ކްލައިމެޓް ވަލްނަރަބިލިޓީ ފޯރަމް އިން އަވަށްޓެރި ސްރީލަންކާގައި ދަނޑުވެރިކަން ކުރިއެރުވުމަށް ޓަކައި 120 މިލިޔަން ޑޮލަރު އިންވެސްޓްކުރުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ކްލައިމެޓް ވަލްނަރަބިލިޓީ ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލް، ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ކުރާ އިންވެސްޓަކީ ލަންކާގެ ކްލައިމެޓް ޕްރޮސްޕަރިޓީ ޕްލޭންގެ ދަށުން ލިބޭ ފުރަތަމަ އިންވެސްޓްމަންޓެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ލަންކާގެ ދަނޑުވެރިކަމަށް އިންވެސްޓްކުރާނީ ޕޯޗުގަލްގެ ނަޓީވާ ކެޕިޓަލް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ.

އެ އެއްބަސްވުމުގައި ލަންކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ރައީސް ރަނިލް ވިކްރަމަސިންހަގެ ސްޕެޝަލް އެޑްވައިޒަރު ރުވާން ވިޖެވަރުދަނާ އެވެ. ސީވީއެފްގެ ފަރާތުން ސޮއިކުރެއްވީ ނަޝީދެވެ. ނަޓީވާ ކެޕިޓަލްގެ ފަރާތުން ސޮއިކުރެއްވީ ކާލޯސް ގޯމޭޒް އެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ސީވީއެފުން ބާރު އަޅަނީ މެމްބަރު ގައުމުތަކުން ކްލައިމެޓް ޕްރޮސްޕަރިޓީ ޕްލޭންތައް އެކުލަވައިލަން ކަމަށެވެ.

އެ ފަދަ ޕްލޭންތަކުން އެނޫން ޕްލޭންތަކެކޭ ވެސް އެއްވަރަށް ޖީޑީޕީއާއި ވަޒީފާ އިތުރުކޮށްދީ، އިންފްލޭޝަން ދައްކުރެވޭނެ ކަމަށާއި އެކަން ކަން ހާސިލުވާނީ ތިމާވެށްޓަށް ގެއްލުން ނުދީ ކަމަށް ވެސް އެމަނިކުުފާނު ވިދާޅުވި އެވެ.