Advertisement

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ހޮވުން ނޮވެމްބަރު 23 އަށް

16 ނޮވެންބަރު 2023 - 12:29 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުން، ކުރީގެ ލީޑަރު އަސްލަމާއެކު؛ އާ ލީޑަރަކު އިންތިހާބު ކުރުން ނޮވެމްބަރު 23 ގައި އޮންނާނެ - ފޮޓޯ: މަޖިިލިސް


އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ހޮވުން ނޮވެމްބަރު 23 އަށް

16 ނޮވެންބަރު 2023 - 12:29 0

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިންތިހާބު ކުރުން މި މަހުގެ 23 ވަނަ ދުވަހު އޮންނާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ވަނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00 ގެ ނިޔަލަށް އެ މަގާމަށް ކުރިމަތިލުވުމަށް ހުޅުވާލާފައިވާ ކަމަށެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް، މަޖިލީހުގެ ރައީސްގެ މަގާމަށް އިންތިހާބު ކުރުމުންނެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ފުރަތަމަ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރަކަށްވީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޕާލިމެންޓްރީ ގްރޫޕްގެ ލީޑާޝިޕްގެ މުއްދަތަކީ ދެ އަހަރާއި ހަ މަސް ދުވަހެވެ. އަސްލަމް އިންތިހާބުވީ އެ މުއްދަތު ފަހުން ބޭއްވި އިންތިހާބުގަ އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރަކަށް އަސްލަމް އިންތިހާބުކުރީ ފެބްރުއަރީ 18، 2022 ގަ އެވެ. އޭގެ ފަހުން އޭނާ ވަނީ ޕާލިމެންޓްރީ ގްރޫޕް ހިންގެވުމުގައި އިސް ދައުރެއް އަދާ ކުރައްވައިފަ އެވެ. މި ފަހުން ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިން މޭޓަކަށް ވެސް ހަމަޖެއްސެވީ އޭނާ އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރަށް ޝައުގު ހުންނެވި މެންބަރުން އަދި ނޭނގެ އެވެ. މަޖިލީހުގައި އެމްޑީޕީގެ 55 މެންބަރުން މިހާރު ތިއްބަވަ އެވެ.

ނަވާރަވަނަ އެމްޑީޕީއަށް 65 މެންބަރުން އިންތިހާބުވި ނަމަވެސް އެއިން 13 މެންބަރަކު ވަނީ ޑިމޮކްރެޓްސް ނަމުގައި އާ ޕާޓީއެއް އުފައްދަވައިފަ އެވެ. ހަތަރު މެންބަރަކު އެމްޑީޕީއާ ގުޅުނު އިރު އެއް މެންބަރަކު ވަނީ ޕީއެންސީއަށް ގުޅިވަޑައިގެންފަ އެވެ.