Advertisement

ލިބޭނެކަމަށް އަންދާޒާކުރި ހިލޭ އެހީގެ 80 އިންސައްތަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނުލިބޭ

16 ނޮވެންބަރު 2023 - 10:39 0

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

ބަޖެޓް ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ


ލިބޭނެކަމަށް އަންދާޒާކުރި ހިލޭ އެހީގެ 80 އިންސައްތަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނުލިބޭ

16 ނޮވެންބަރު 2023 - 10:39 0

މިއަހަރަށް ލަފާކުރި ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރި ފައިސާގެ 80.8 އިންސައްތަ ސެޕްޓެމްބަރު މަހުގެ ނިލަޔަށް ލިބިފައިނުވާކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ސަޕްލިމަންޓަރީ ބަޖެޓަށް ދޭ ފަންނީ ލަފާގެ ގޮތުގައި ބަޖެޓް ކޮމިޓީއަށް ފޮނުވި ސިޓީގައިވާ ގޮތުން މިއަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓު ހިމަނައިގެން ހިލޭ އެހީގެ ގޮތުގައި ޖުމްލަ 2.5 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކޮށްފައިވެ އެވެ. ޕަބްލިކް އެކައުންޓިން ސިސްޓަމް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ލިބިފައިވަނީ 473.1 މިލިއަން ރުފިޔާކަމަށް އޮޑިޓް އޮފީހުން ފާހަގަކޮށްފައިވެ އެވެ. މިއީ އަންދާޒާ ކޮށްފައިވާ ހިލޭ އެހީގެ 18.6 އިންސައްތައެވެ.

މީގެ އިތުރުން 2023 ވަނަ އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި ހިލޭ އެހީ ނުހިމަނައި 29.6 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވާކަން އޭޖީން ފާހަގަކޮށްފައިވެ އެވެ. މި ފައިސާގެ ތެރެއިން 85.6 އިންސައްތަ ފައިސާ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ލިބިފައިވާ ކަމަށް ލަފާގައިވެ އެވެ.

ސަޕްލިމަންޓަރީ ބަޖެޓު ރިވިއުކުރުމުގައި ފާހަގަކުރެވުނު ކަންކަމުގެ ތެރޭގައި އޭޖީން ވަނީ ބަޖެޓު ފާސްކުރާއިރު ދައުލަތުން އަންދާޒާކޮށްފައިވާ މިންވަރަށް އާމްދަނީ އާއި ހިލޭ އެހީ ލިބެމުން ނުދާ ކަމުގައިވާނަމަ، ދައުލަތުގެ ބަޖެޓުން އުނިކުރެވޭނެ ހަރަދުތަތަކީ ކޮބައިކަން ބެލުން މުހިންމު ކަމަށް އޮޑިޓް އޮފީހުން ލަފާ ދީފައިވެ އެވެ.

މީގެ ކުރީ އަހަރު ތަކުގެ ބަޖެޓުތަކުގައިވެސް ހިލޭ އެހީގެ ގޮތުގައި ހިމަނާފައިވާ އާމްދަނީގެ ބޮޑުބައެއް ލިބިފައިނުވުމުގެ ސަބަބުން ދައުލަތުގެ ބަޖެޓު ފައިނޭންސްކުރުމަށް ހިރާސްތަކެއް ކުރިމަތިވެފައިވާކަން އޭޖީން ފާހަގަކޮށްފައިވެއެވެ.