15 ނޮވެންބަރު 2023 - 17:15 0
އަމަން ހަލީމް
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު: ކަނޑު ބައިކުރި މައްސަލަ އިސްތިއުނާފު ކުރައްވާނެ ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން ވިދާޅުވި. -- ފޮޓޯ/އަބްދުﷲ އިޔާން
15 ނޮވެންބަރު 2023 - 17:15 0
ރާއްޖޭގެ ދެކުނު ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ކޮށްފައިވާ ހުކުމް ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އިސްތިއުނާފު ކުރާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޗާގޯސް އައިލެންޑްސް އާއި ރާއްޖެއާ ދެމެދު އިން ކަނޑައަޅަން އިޓްލޮސްއަށް ހުށަހެޅި މައްސަލައިގައި އެ ޓްރައިބިއުނަލުން ވަނީ، އެ ރަށްތަކުގެ މައްޗަށް މޮރިޝަސް އަށް ސިޔާދަތީ ބާރު އޮތް ކަމަށް ކަނޑައަޅާއި، މޮރިޝަސް އާއި ރާއްޖެއާ ދެމެދު ފުށުއަރާ 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ބައިކޮށްފަ އެވެ.
އެކަމަކު މިއީ މި ސަރުކާރުން މި މައްސަލައިގައި އަމަލުކުރި ގޮތުން ގެއްލުނު ބަޔެއް ކަމަށް އިދިކޮޅުން އައީ ބުނަމުންނެވެ. އެކަން އެހެންވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވެވި ސިޓީފުޅަކާ ގުޅިގެން ކަމަށް ތުހުމަތުކުރެވުނެވެ.
މިރޭ އިއުލާންކުރެއްވި މުއިއްޒުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭންގެ "ހަފުތާ 14" ގައި ވަނީ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެ މައްސަލަ އިސްތިއުނާފަަށް ހުށަހަޅާނެ ކަމަށް ބަޔާންކޮށްފަ އެވެ.
އިޓްލޮސްގެ ނިންމުމުގެ މައްސަލައަކީ ރައީސް ސޯލިހުގެ ސަރުކާރަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ކަމެކެވެ. މި މައްސަލައިގައި އޭރު ސަރުކާރު ކޯލިޝަންގައި ތިބި ޕާޓީތަކުން ވެސް ވަނީ ކަންބޮޑުވެ، ސަރުކާރާ ދެކޮޅުވެފަ އެވެ.
0.00%
0.00%
0.00%
100.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment