Advertisement

އޭސީސީން އިންތިގާލީ އިންސާފުގެ އޮފީހަށް ވަދެއްޖެ

15 ނޮވެންބަރު 2023 - 14:45 1

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

އިންތިގާލީ އިންސާފުގެ އޮފީސްގެ މެންބަރު ސަލާމް-- ފޮޓޯ: އަދަދު


އޭސީސީން އިންތިގާލީ އިންސާފުގެ އޮފީހަށް ވަދެއްޖެ

15 ނޮވެންބަރު 2023 - 14:45 1

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ ޝަކުވާއަކާއި ގުޅިގެން ތަހުގީގުކުރުމަށް އެ ކޮމިޝަނުން އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަން އޮފީހަށް ވަދެއްޖެ އެވެ.

އޭސީސީއިން އެ އޮފީހަށް ވަނީ މިއަދު ދޫކުރަން ނިންމާފައިވާ ރިޕޯޓުތަކެއް ހުށަހެޅި އަދި ފާސްކުރި ތާރީހު ބަދަލުކޮށްފައިވާކަމަށް ލިބުނު ޝަކުވާއަކާއި ގުޅިގެން ކަމަށް އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަން އޮފީހުގެ މުއައްޒަފެއް މި ނޫހަށް ކަށަވަރުކޮށްދިނެވެ.

އޭސީސީން ވެސް ވަނީ އެކަން ފަހުން ކަށަވަރުކޮށްދީފަ އެވެ.

މިފަދަ މައްސަލަތެކެއްގެ ތުހުމަތުކޮށް ނޮވެމްބަރު 13، ގައި އިންތިގާލީ އިންސާފުގެ އޮފީހުގެ އޮމްބަޑްސްޕާސަން ޖިހާދާ އަނީސް ވަނީ އެ މަގާމުން އިސްތިއުފާ ވެސް ދެއްވާފަ އެވެ.

އެ އޮފީހަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައި އާންމުކުރެއްވި ބަޔާނުގައި ކުރިން ނިންމާފައިވާ މައްސަލަތަކުގެ ނިންމުން ބަދަލުކުރުމާއި، ހާޒިރުނުވާ ބައްދަލުވުންތަކަށް ހާޒިރުވި ކަމަށް ހެދުން ފަދަ ކަންކަންކޮށްފައިވާ ކަމަށް ޖިހާދާ ތުހުމަތުކުރައްވާފައިވެ އެވެ.

އޭނާ ވިދާޅުވީ އިންތިގާލީ އިންސާފުގެ އޮފީހުގައި މަސައްކަތްކުރައްވަން ޖެހިވަޑައިގެންނެވީ ގިނަ ގޮންޖެހުންތަކަކާ އެކު ކަމަށެވެ. އޮމްބަޑްސްޕާސަންގެ މަގާމުގައި ތިއްބެވި އެހެން ބޭފުޅުން މަސައްކަތްކުރައްވަމުން ގެންދަވަނީ މާ ބޮޑެތި ލުއިތަކަކާއެކު ކަމަށެވެ.

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ބަޖެޓު ފޮތުގައި، ދައުލަތުގެ ވުޒާރާތަކާއި މުއައްސަސާތަކަށް ކަނޑައަޅާފައިވާ އަދަދުތައް ބަޔާންކޮށްފައިވާ ސަފުހާތަކުގައި އިންތިގާލީ އިންސާފުގެ އޮފީހުގެ ނަމެއް ނެތެވެ.

މައުލޫމާތު އިތުރަށް ސާފުކުރުމުން އެނގުނު ގޮތުގައި އަންނަ ދައުރުން ފެށިގެން އެ އޮފީހުގެ މަސައްކަތްތަކެއް ކުރިއަކަށް ނުގެންދާނެ އެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ހަވާލުކޮށްފައިވަނީ 1 ޖަނަވަރީ 1953 އިން ފެށިގެން 17 ނޮވެންބަރު 2018 އާ ހަމައަށް ހިނގާފައިވާ އެފަދަ މައްސަލަތައް ބެލުމެވެ.

ދެމެދު ދައުލަތުގެ މުއައްސަސާއަކުން ނުވަތަ މުއައްސަސާއެއްގެ އިސް ހިންގުންތެރިއަކު ނިޒާމީ ސިފައެއްގައި ރާވައި ހިންގި އަމަލެއްގެ ސަބަބުން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގެންފައިވާ މައްސަލަތައް ކަމަށް ގާނޫގައި ބަޔާން ކުރެ އެވެ.

އެފަދަ މައްސަލަތައް ބަލައި، ހަގީގަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް ހައްގު ބަދަލެއް ފޯރުކޮށްދިނުން ފަދަ ހިދުމަތްތައް ދިނުން އެ އޮފީހުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައިވެ އެވެ.

މި މުއައްސަސާ ވުޖޫދު ވެފައިވަނީ، 17 ޑިސެންބަރު 2020 ދުވަހު، އިންތިގާލީ އިންސާފުގެ ގާނޫނު ތަސްދީގުކޮށް އަމަލުކުރަން ފެށުމާ އެކު އެވެ.