Advertisement

ނަޕޯލީގެ ކޯޗުކަމުން ގާސިއާ ވަކިކޮށް އެ މަގާމު މަޒާރީއަށް

15 ނޮވެންބަރު 2023 - 12:27 0


ނަޕޯލީގެ ކޯޗުކަމުން ގާސިއާ ވަކިކޮށް އެ މަގާމު މަޒާރީއަށް

15 ނޮވެންބަރު 2023 - 12:27 0

ނަޕޯލީ (ނޮވެމްބަރު 15) - އިޓާލިއަން ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ނަޕޯލީގެ ކޯޗުކަމުން ރުޑީ ގާސިއާ ވަކިކޮށް އެ މަގާމަށް ވޯލްޓާ މަޒާރީ ހަމަޖައްސައިފި އެވެ.

އެ މަގާމުން ގާސިއާ ވަކިކުރީ މި ސީޒަންގައި އެ ޓީމުގެ ނަތިޖާތައް ރަނގަޅު ނުވުމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ލީގު ކާމިޔާބުކުރި ނަޕޯލީ އިން ލީގުގައި މިހާތަނަށް ކުޅުނު 12 މެޗުގެ ތެރެއިން ހަ މެޗުން މޮޅުވިއިރު، ތިން މެޗުން ވަނީ ބަލިވެފަ އެވެ. މިދިޔަ އަހަރުގެ ލީގުގައި އެ ޓީމު ކުޅުނު 38 މެޗުގެ ތެރެއިން ބަލިވީ އެންމެ ހަތަރު މެޗުންނެވެ.

އަނެއްކޮޅުން ޔުއެފާ ޗެމްޕިއަންސް ލީގުގައި ހަތަރު މެޗުގެ ތެރެއިން މޮޅުވީ ދެ މެޗުންނެވެ. އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗުގައި ޔޫނިއަން ބާލިން އަތުން އެ ޓީމަށް މޮޅު ނުވެވުުނު އިރު، ސެރީއާގައި އެންމެ ފަހުން ކުޅުނު މެޗުގައި ރެލިގޭޝަން ޒޯނުގައި އޭރު އޮތް އެމްޕޯލީ އަތުން ފަހުވަގުތު ބަލިވެފަ އެވެ.

އިޓަލީ ލީގާއި ޗެމްޕިއަންސް ލީގު އެއްކޮށް އެންމެ ފަހުން ކުޅުނު އަށް މެޗުގެ ތެރެއިން ނަޕޯލީ މޮޅުވީ ތިން މެޗުންނެވެ.

ނަޕޯލީގެ ކޯޗުކަމުން ގާސިއާ ވަކިކޮށް އެ މަގާމު ހަވާލުކުރި މަޒާރީ އަކީ 2009 އިން 2013 އަށް އެކުލަބަށް އިރުޝާދުދިން ކޯޗެކެވެ. މަޒާރީ ވަނީ އެކުލަބުގައި ހޭދަކުރި ދުވަސްތަކުގައި 20 އަހަރުގެ ތެރޭގައި ނަޕޯލީ އިން ހޯދި ފުރަތަމަ ތަށި ހޯދައިދީފަ އެވެ. އޭރުގެ ލީގު ޗެމްޕިއަން ޔުވެންޓަސް އަށް އެންމެ ޗެލެންޖިން ބޮޑު ޓީމެއްގެ ގޮތުގައިވެސް އޮތީ މަޒާރީގެ ނަޕޯލީ އެވެ.

62 އަހަރުގެ މަޒާރީ ވަނީ 2013 ގައި އެކުލަބު ދޫކޮށްލި ފަހުން އޭނާ ވަނީ އިޓަލީގެ އިންޓަ މިލާން، ޓޮރީނޯ، ކަގްލިއާރީ އަދި އިނގިރޭސި ޕްރިމިއާ ލީގުގައި ކުރިން ކުޅުނު ވަޓްފޯޑަށްވެސް އިރުޝާދުދީފަ އެވެ.

ނަޕޯލީ މިވަގުތު އޮތީ ސެރީއާ ތާވަލްގެ ހަތަރުވަނައިގައި 21 ޕޮއިންޓާއިއެކުގަ އެވެ. އެޓީމަށް ކުރިއަށް އޮތީ މިމަހުގެ 25ގައި ސެރީއާގައި އެޓްލާންޓާއާ ދެކޮޅަށް ކުޅޭ މެޗެވެ.