Advertisement

އެންޑްރޮއިޑް ފޯނު "ނަތިން ފޯން 2" އަށް އައިމެސެޖް އަންނަނީ

15 ނޮވެންބަރު 2023 - 09:34 0

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު


އެންޑްރޮއިޑް ފޯނު "ނަތިން ފޯން 2" އަށް އައިމެސެޖް އަންނަނީ

15 ނޮވެންބަރު 2023 - 09:34 0

ކުރިއަރަމުން އަންނަ އެންޑްރޮއިޑް ފޯނު "ނޮތިން ފޯން" ދެޔަކުން އައިމެސެޖު ކުރެވޭނެކަން އެކުންފުނިން ހާމަކޮށްފި އެވެ.

ނޮތިން ކުންފުނިން ބުނެފައިވަނީ "ނޮތިން ޗެޓްސް" ބޭނުންކޮށްގެން ނޮތިން ފޯން ދެއަކަށް މިހާރު އައިމެސެޖް އިންޓަގްރޭޓްކޮށްފައިވާ ކަމަށެވެ. ނޮތިން ޗެޓްސް އަކީ މެސެޖިން ޕްލެޓްފޯމް "ސަންބާޑް" ގެ ބޭނުންކުރާ އެޕެކެވެ.

މި އެޕް މަސައްކަތް ކުރަނީ ސަންބާޑްގެ ސާވާއެއް މެދުވެރިވެގެނެވެ. އެގޮތުން ސަންބާޑް އިން އެޕަލް ސިސްޓަމެއްގެ އެހީގައި އައިމެސެޖުތައް ބަލަހައްޓާނެ އެވެ. އަދި ހަމަ އެ މެސެޖުތައް ފޯނަށް ދައްކާނެ އެވެ.

ނޮތިން ޗެޓްސް އެޕް ބޭނުންކުރުމަށް ނޮތިން ފޯން ދޭއް ބޭނުންކުރާ ފަރާތްތަކަށް ގޫގުލް ޕްލޭ ސްޓޯ އިން އެޕް ޑައުންލޯޑްކޮށްލެވޭނެ އެވެ. އަދި އެޕަލް އައިޑީއަކުން ސައިންއިން ވާންޖެހޭނެ އެވެ.

ނޮތިން އިން ބުނެފައިވަނީ މި ހިދުމަތުގެ މަގުސަދަކީ މެސެޖިން ސާވިސަސް އިން އެކި ފޯނުތައް ބޭނުންކުރާ މީހުންގެ މެދުގައިކުރާ ތަފާތުކުރުންތައް ނައްތާލުންކަމަށެވެ. މިމަހުގެ 17 އިން ފެށިގެން މި ހިދުމަތް އުތުރު އެމެރިކާ އަދި ޔޫރަޕުގެ ގައުމުތަކަށް ލިބޭނެކަމަށް އެކުންފުނިން ބުނެ އެވެ.

އެންޑްރޮއިޑް ފޯނުތަކުން އައިފޯނަށް ކުރާ މެސެޖުތައް ޒަމާނުއްސުރެ ހުންނަނީ ފެހި ކުލައިގަ އެވެ. އަދި އައިފޯން އިން އައިފޯނަށް ކުރާ މެސެޖުތައް، އިންޓަނެޓުގެ އެހީއާއެކު ހުންނަނީ ނޫ ކުލައިގަ އެވެ.

މިކަމުގެ ސަބަބުން އެޕަލްއަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ހުދު ގޫގުލް އިން ވެސް ވަނީ އެންޑްރޮއިޑާއި އައިފޯނާއި ދެމެދު މެސެޖުކުރެވޭ ގޮތް ބަދަލުކުރުމަށް އެޕަލްގެ ކިބައިން އެދިފަ އެވެ. ނަމަވެސް އެޕަލް އިން އެކަމަށް އެދެވޭ އެއްބާރުލުމެއް މިހާތަނަށް ދީފައެއް ނުވެ އެވެ.