Advertisement

ޝެންގެން އީ-ވިސާގެ އިންތިޒާމާ އެކު ޔޫރަޕްގެ 27 ގައުމަކަށް ދަތުކުރުމުގެ މަގު ފަހިވަނީ

14 ނޮވެންބަރު 2023 - 20:01 0

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އޭނާ މިއަދު ވިދާޅުވީ ޝެންގެން އީ-ވިސާ ނެގުމުގެ ފުރުސަތު ރާއްޖެއަށް ދޭން ޔޫރަޕިއަން ކައުންސިލުން ނިންމާފައިވާ ކަމަށް. ފޮޓޯ: ރައީސް އޮފީސް


ޝެންގެން އީ-ވިސާގެ އިންތިޒާމާ އެކު ޔޫރަޕްގެ 27 ގައުމަކަށް ދަތުކުރުމުގެ މަގު ފަހިވަނީ

14 ނޮވެންބަރު 2023 - 20:01 0

ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކަށް ދަތުރުކުރުމަށް ނަގަން ޖެހޭ ޝެންގެން ވިސާ އޮންލައިންކޮށް އީ-ވިސާއެއްގެ ގޮތުގައި ނެގުމުގެ ފުރުސަތު ދިވެހިންނަށް ފަހިވެއްޖެއެވެ.

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހިންނަށް އެ ފުރުސަތު ފަހިކޮށްދެއްވީތީ ޔޫރަޕިއަން ކައުންސިލަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. ޔޫރަޕިއަން ކައުންސިލުން އެ ނިންމުމާ ގުޅިގެން ކުރަން ޖެހޭ އިދާރީ ތައްޔާރީތަކަށްފަހު، މިކަން ތަންފީޒުކުރަން ފަށާ ތާރީޚެއް ފަހުން އިއުލާން ކުރާނެ އެވެ. އެ އިންތިޒާމް ހަމަޖެހިގެން ދިޔުމުން ޝެންގެން ވިސާ ނެގުމަށް ދިވެހިން ބޭރު އެއްވެސް ގައުމަކަށް ނުގޮސް، ރާއްޖޭގައި ތިބެގެން އޮންލައިންކޮށް އީ-ވިސާ ނެގޭނެއެވެ.

ޔޫރަޕުގެ ގައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ވިސާގެ ލުއި ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް ޔޫރަޕިއަން ޔޫނިއަންއާއެކު ފޮރިން މިނިސްޓްރީއިން ވަނީ މިދިޔަ ފަސް އަހަރު ގިނަ މަސައްކަތްތަކެއް ކޮށްފައެެވެ.

ފޮރިން މިނިސްޓްރީން ބުނާ ގޮތުގައި މިހާރު ދިވެހި ޕާސްޕޯޓަށް ކުރިން ވިސާ ނެގުމަކާ ނުލައި 101 ގައުމަކަށް ދަތުރުކުރެވެއެވެ. އަދި ދިވެހި ޕާސްޕޯޓަކީ މި ސަރަހައްދުގެ އެންމެ ބާރު ގަދަ ޕާސްޕޯޓެވެ.