Advertisement

ބީއެމްއެލް ސްޓާޓަޕް ގްރާންޓް މިފަހަރު ސްމާޓް އެގްރިކަލްޗަރަލް ޕްރޮޖެކްޓަކަށް

15 ނޮވެންބަރު 2023 - 11:02 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު


ބީއެމްއެލް ސްޓާޓަޕް ގްރާންޓް މިފަހަރު ސްމާޓް އެގްރިކަލްޗަރަލް ޕްރޮޖެކްޓަކަށް

15 ނޮވެންބަރު 2023 - 11:02 0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކޮންމެ އަހަރަކު ދޭ ސްޓާޓަޕް ގްރާންޓު، ސްމާޓް އެގްރިކަލްޗަރަލް ޕްރޮޖެކްޓަކަށް ދީފި އެވެ.

މި ގްރާންޓަކީ އުފެދެމުން އަންނަ ވިޔަފާރިވެރިންނަށް ރާއްޖޭގައި ވިޔަފާރިއެއް ފެށުމަށް ނުވަތަ ކުރިއެރުވުމަށް ހިލޭ އެހީގެ ގޮތުގައި 500،000 ރުފިޔާ ލިބޭ ގްރާންޓެކެވެ.

މި ގްރާންޓަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ބީއެމްއެލްއިން މިފަހަރު މި ގްރާންޓް އެވޯޑުކުރީ ލ. ގަމުގައި ހިންގާ ސްމާޓް އެގްރިކަލްޗަރަލް ޕްރެކްޓިސް ޕްރޮޖެކްޓަކަށެވެ.

މި ޕްރޮޖެކްޓަކީ ގަމުގައި ދަނޑުވެރިކަން ކުރާ އައިޝަތު ލިއުޝާ ހިންގާ ޕްރޮޖެކްޓެކެވެ. ޕްރޮޖެކްޓުގެ ދަށުން އޭނާ ވަނީ ދަނޑަށް ފެންދިނުމަށް އިރުގެ ހަކަތަ ބޭނުންކުރާ ސިސްޓަމެއް ގާއިމުކޮށްފަ އެވެ. އަދި ދަނޑަށް ބޭނުންވާ ގަސްކާނާ އޭނާ އަމިއްލައަށް އުފައްދާއިރު އެކަމަށް ބޭނުންކުރާ މެޝިންތައްވެސް އޮޕަރޭޓުކުރަނީ އިރުގެ ހަކަތައިން ކަރަންޓު އުފައްދައިގެންނެވެ.

މީގެ އިތުރުން މުޅި ރާއްޖޭގައި ހައްދާ ދަނޑުވެރިކަމުގެ އުފެއްދުންތައް މޮނިޓާ ކުރުމަށް ލިއުޝާ ވަނީ މި މަޝްރޫއު މެދުވެރިކޮށް މޮބައިލް އެޕެއް ވެސް ތައްޔާރުކޮށްފައެވެ.

ބޭންކުން ބުނި ގޮތުގައި ލިއުޝާގެ މަގުސަދަކީ ދުޅަހެޔޮ އަދި ރައްކާތެރި ގޮތުގައި ދަނޑުވެރިކަން ކުރިއަރުވައި ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކުރުމެވެ.