Advertisement

ގެއެއްގެ ބެލްކަނި ވެއްޓި، މީހަކަށް އަނިޔާ ވެއްޖެ

14 ނޮވެންބަރު 2023 - 14:23 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ބެލްކަނި ވެއްޓުނު ސަރަހައްދު؛ އައިޖީއެމްއެޗް އިން ބުނީ ބެލްކަނި ވެއްޓި އަނިޔާވެގެން ފަރުވާ ދެނީ 24 އަހަރުގެ ފިރިހެނެކަަށްކަމަށް -- ފޮޓޯ: އަލީ އާދަމް


ގެއެއްގެ ބެލްކަނި ވެއްޓި، މީހަކަށް އަނިޔާ ވެއްޖެ

14 ނޮވެންބަރު 2023 - 14:23 0

މާލޭގެ ގެއެއްގެ ބެލްކަންޏެއް ވެއްޓި، މީހަކަށް އަނިޔާ ވެއްޖެ އެވެ.

ބެލްކަނި ވެއްޓުމުގެ ސަބަބުން އަނިޔާވީ މީހާއަށް އައިޖީއެެމްއެޗްގައި ފަރުވާދޭން ފަށާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު "އަދަދު"އަށް ވިދާޅުވީ ބެލްކަންޏެއް ވެއްޓި އަނިޔާވި މީހަކަށް އެ ހޮސްޕިޓަލުގެ އެމެެޖެންސީ ރޫމުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. ފަރުވާ ދެމުން އަންނަނީ 24 އަހަރުގެ ފިރިހެނަކަށެވެ.

އައިޖީއެމްއެޗްގެ އޮފިޝަލު ވިދާޅުވީ އަނިޔާވި މީހާއަކީ ބެލްކަނީގައި ހުރި މީހެއް ކަމެއް ނުވަތަ ވެއްޓުނު ވަގުތު ދަށުވި މީހެއްކަމެއް ނޭނގޭ ކަމަށެވެ. އަދި ހާދިސާ ހިނގައިގެން އެމީހާއަށް ފަރުވާ ދޭން ފެށި ގަޑިއެއް ވެސް ސާފު ނުވާކަމަށް އޭނާ ބުންޏެވެ. ލިބިފައިވާ އަނިޔާގެ ތަފްސީލެއް ވެސް ހާމައެއް ނުކުރެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވެއްޓިފައި ވަނީ ޖަވާހިރު މަގުގެ ގެއެއްގެ ބެލްކަންޏެވެ. ބެލްކަނި ވެއްޓި އެ މަގުގައި ޕާކުކޮށްފައި ހުރި ގިނަ އަދަދެއްގެ ސައިކަލަށް ގެއްލުން ވެފައި ވެއެވެ.

ފުލުހުން ބުނީ މާފަންނު ގެއެެއްގެ ބެލްކަނީ ވެއްޓި އެ ސަރަހައްދުން ހިނގާފައި ދިޔަ މީހަކަށް އަނިޔާވެގެން ރިޕޯޓުކޮށްފައި ވަނީ 13:18 ގައި ކަމަށެވެ.

މި މައުލޫމާތު ކަމާ ގުޅުންހުރި އިދާރާތަކާ ހިއްސާކޮށް ބަލަން ޖެހޭ ކަންކަން ބަލަމުން ދާކަމަށް ފުލުހުން ބުނެ އެވެ.