Advertisement

މަގޫދޫ އެއާޕޯޓް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީއާ ހަވާލުކޮށްފި

14 ނޮވެންބަރު 2023 - 14:07 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ފ. މަގޫދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ކުރުއަށް ދަނީ -- ފޮޓޯ: ރީޖަނަލް އެއާޕޯޓްސް


މަގޫދޫ އެއާޕޯޓް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީއާ ހަވާލުކޮށްފި

14 ނޮވެންބަރު 2023 - 14:07 0

ފ. މަގޫދޫގައި ތަރައްގީ ކުރަމުން އަންނަ އެއާޕޯޓުގެ ހިންގުން ސަރުކާރުން ރަސްމީކޮށް ރީޖަނަލް އެއާޕޯޓް ކުންފުންޏާ ހަވާލުކޮށްފި އެވެ.

މިނިސްޓްރީ އޮފް ފިނޭންސްއިން ރީޖަނަލް އެއާޕޯޓް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، އެއާޕޯޓް ހިންގުމުގެ ބާރުތަށް ވަނީ ރީޖަނަލް އެއާޕޯޓް ކުންފުންޏާ ހަވާލުކޮށްފަ އެވެ.

ސަރުކާރުން 230 މިލިއަން ރުފިޔާ ހަރަދު ކޮށްގެން މަގޫދޫގައި ތަރައްގީކުރަމުން ގެންދާ އެއާޕޯޓުގައި މިހާރު ކުރިއަށްދަނީ ރަންވޭ ބޮޑުކުރުމުގެ މަސައްކަތެވެ.

ފ. މަގޫދޫ އެއާޕޯޓުގެ މަސައްކަތް ކުރިއަށްދަނީ -- ފޮޓޯ: ރީޖަނަލް އެއާޕޯޓްސް


މަގޫދު އެއާޕޯޓް ތަރައްގީކުރަނީ ޖެޓްތައް ޕާކްކުރެވޭނެ ޕާކިން ސަރަހައްދު އަދި ޖެޓް ފިއުލް ފާމަކާ އެކުގަ އެވެ. އޭގެ އިތުރުން ޖެޓްތަކުގައި އަންނަ ކުރޫން މަޑުކުރެވޭނެ ހޮޓަލެއް އެއާޕޯޓާއެކު ގާއިމްކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ.

މި މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ނިންމާލެވޭނެ ކަމަށާއި، ރާއްޖޭގައި އޮތް އެންމެ ފުރިހަމަ އެއް އެއާޕޯޓަށް މަގޫދޫ އެއާޕޯޓް ވެގެންދާނެ ކަމަށް ރީޖަނަލް އެއާޕޯޓްސް ކުންފުނިން ބުނެ އެވެ.

މި އެއާޕޯޓްގެ ފަޔާ ބިލްޑިންގެ މަސައްކަތް ނިމި ޕެސެންޖަރު ޓާމިލަން ސްޓްރަކްޗާގެ މަސައްކަތް ވެސް ނިމިފައިވާއިރު، ފިނިޝިންގެ މަސައްކަތް ފަށާފައިވާކަމަށް ރީޖަނަލް އެއާޕޯޓު ކުންފުނިން މައުލޫމާތުދެ އެވެ.

ރީޖަނަލް އެއާޕޯޓްސް ކުންފުނިން ބުނީ ޝެޑިއުލާއި އެއްގޮތަށް މަސައްކަތް ކުރިޔަށް ދާނަމަ އަންނަ ޖެނުއަރީ މަހުގެ ތެރޭގައި މަގޫދޫ އެއާޕޯޓް އޮޕަރޭޓް ކުރަން ފެށޭނެ ކަމަށެވެ.

މަގޫދޫ އެއާޕޯޓު އެޅުމަށް އެމްޓީސީސީއާ ހަވާލުކުރީ އޮކްޓޯބަރު، 2022، ގަ އެވެ. އެ ކުންފުންޏާއެކު ސޮއިކުރީ 1500 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެއް ހަދައި، ޕަސެންޖާ ޓާމިނަލަށް އިމާރާތެއް ހަދައި، ކޮންޓްރޯލް ޓަވަރާއެކު ފަޔާ ސްޓޭޝަނެއް ހެދުމަށެވެ. ނަމަވެސް ރައީސް އިބްރާޙީމް މުހައްމަދު ސޯލިހު ވަނީ މަގޫދޫ އެއާޕޯޓުގެ ރަންވޭ 1،800 މީޓަރުގެ ރަންވޭއަކަށް ބޮޑުކުރަން ނިންމަވާފަ އެވެ.