Advertisement

އޮސްޓްރޭލިއާގެ ޕޯޓް އޮޕަރޭޓަރެއް ކަމަށްވާ ޑީޕީ ވޯލްޑަށް ސައިބާއެޓޭކެއް ދީފި

13 ނޮވެންބަރު 2023 - 09:57 0

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު

ފޮޓޯ: ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް


އޮސްޓްރޭލިއާގެ ޕޯޓް އޮޕަރޭޓަރެއް ކަމަށްވާ ޑީޕީ ވޯލްޑަށް ސައިބާއެޓޭކެއް ދީފި

13 ނޮވެންބަރު 2023 - 09:57 0

އޮސްޓްރޭލިއާގެ ހަތަރު ޕޯޓެއް އޮޕަރޭޓްކުރާ "ޑީޕީ ވޯލްޑް" އަށް ދިން ސައިބާއެޓޭކެއްގެ ސަބަބުން ހިދުމަތްތަކަށް ބުރޫ އަރައިފި އެވެ.

ޑީޕީ ވޯލްޑްގެ ޓްރަކްތަކާއި ޓާމިނަލް އޮޕަރޭޓަރުންނަށް މައުލޫމާތު ހިއްސާކުރުމަށް ބޭނުންކުރާ ސިސްޓަމަށް ހެކަރުން ވަނީ ހުކުރު ދުވަހު ހަމަލާދީފަ އެވެ. މި ހަމަލާގެ ސަބަބުން 30،000 ކޮންޓެއިނަރުގެ ހަރަކާތްތައް ވަނީ ހުއްޓިފަ އެވެ.

ހަމަލާތައް ފުރަތަމަ ފާހަގަވެފައި ވަނީ ހުކުރު ދުވަހުގެ ހަވީރެވެ. އަދި އެކަން ވަގުތުން ވަނީ އޮސްޓްރޭލިއާގެ ސަރުކާރަށް ވަނީ އަންގައިފަ އެވެ. އޮސްޓްރޭލިއާގެ ނޭޝަނަލް ސައިބާ ސެކިއުރިޓީ ކޯޑިނޭޓަރު، އެއާ މާޝަލް ޑެރެން ގޯލްޑީ ބުނެފައިވަނީ، ހަމަލާގެ މައުލޫމާތު ލިބުނު ހިސާބުން ޑީޕީ ވޯލްޑްއަށް އެހީތެރިވުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ހޯމަ ދުވަހާއި ހަމައަށް ޑީޕީ ވޯލްޑުން ވަނީ އެކުންފުނީގެ އައިޓީ ސިސްޓަމްތައް އޮފްލައިންކޮށްލައިފަ އެވެ. އަދި ހޯމަ ދުވަހު ވަނީ މައްސަލަ ހައްލުވިކަން ކަށަވަރުކޮށް ހިދުމަތްތައް އަލުން ފަށައިފަ އެވެ.

ޑީޕީ ވޯލްޑަކީ ދުބާއީގެ ބައިނަލްއަގްވާމީ ކުންފުންޏެކެވެ. އޮސްޓްރޭލިއާގެ ސިޑްނީ، މެލްބާން، ބްރިސްބްން އަދި ފްރީމޭންޓްލްގަ ހުރި ޕޯޓްތައް ބަލަހައްޓަނީ މި ކުންފުނިންނެވެ.

ޑީޕީ ވޯލްޑަކީ އޮސްޓްރޭލިއާގެ ދެވަނަޔަށް އެންމެ ބޮޑު ޕޯޓް އޮޕަރޭޓަރެވެ. އޮސްޓްރޭލީއާގެ އިމްޕޯޓް އެކްސްޕޯޓްގެ 40 އިންސައްތަ ބަލަހައްޓަނީ މި ކުންފުނިންނެވެ.