Advertisement

ބޭރުގައި ދިރިއުޅޭ ފަރާތްތަކުން ގޯއްޗަށް އެދި ހުށަހަޅާ ލިޔުންތައް އޮންލައިންކޮށް ނޯޓަރައިޒް ނުކުރުމަށް އެދިއްޖެ

12 ނޮވެންބަރު 2023 - 21:42 2

އަހުމަދު އާއިދު

އަހުމަދު އާއިދު

ބިންވެރިޔާ ސްކީމުގެ ދަށުން ލިބޭ ގޯތި ހަވާލުކުރުމުގެ ތެރެއިން : ބޭރުގައި ދިރިއުޅޭ ފަރާތްތަކުން ގޯއްޗަށް އެދި ހުށަހަޅާ ލިޔުންތައް އޮންލައިންކޮށް ނޯޓަރައިޒް ނުކުރުމަށް އެދިއްޖެ - ފޮޓޯ: އަދަދު


ބޭރުގައި ދިރިއުޅޭ ފަރާތްތަކުން ގޯއްޗަށް އެދި ހުށަހަޅާ ލިޔުންތައް އޮންލައިންކޮށް ނޯޓަރައިޒް ނުކުރުމަށް އެދިއްޖެ

12 ނޮވެންބަރު 2023 - 21:42 2

ރާއްޖޭން ބޭރުގައި ދިރިއުޅޭ ފަރާތްތަކުން ބިންވެރިޔާ ސްކީމުގެ ދަށުން ދޭ ބިންތަކާ ހަވާލުވުމަށް ބޭނުންވާ ލިޔުންތައް، ރާއްޖޭގެ ވަކީލުން އޮންލައިންކޮށް ނޯޓަރައިޒް ނުކޮށްދިނުމަށް ބާ ކައުންސިލުން އެދިއްޖެ އެވެ.

އެ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެފަދައިން ރާއްޖެއިން ބޭރުގައި އުޅޭ ފަރާތްތަކުގެ ލިޔެކިޔުންތައް އޮންލައިންކޮށް ނޯޓަރައިޒްކުރުމަކީ ޕަބްލިކް ނޯޓަރީންގެ ގަވާއިދާ ހިލާފު ކަމެއް ކަމަށެވެ.

އަދި، ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ގޯތިތައް ހަވާލުކުުރުމަށް ހުށަހަޅާ ލިޔެކިޔުންތައް މިފަދައިން ގަވާއިދާ ހިލާފަށް ނޯޓަރައިޒްކުރާ ކަމަށް އެ ކައުންސިލަށް މައުލޫމާތު ލިބިފައިވާ ކަމަށް ބާ ކައުންސިލުން ބުނެފައިވެ އެވެ.

"ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ލިޔުމެއްގައި ސޮއިކޮށްފައިވަނީ ނޯޓަރައިޒްކޮށްދޭ ފަރާތުގެ ކުރިމަތީގައިކަން ކަށަވަރުކޮށްދިނުމަށްޓަކާ ނޯޓަރައިޒްކޮށްދޭ ލިޔުންތަކުގައި ސޮއިކުރައްވާނީ ނޯޓަރައިޒްކޮށްދޭ ވަކީލުގެ ހާޒިރުގަ" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ކައުންސިލުން ވަނީ މި ކުށަކީ ޖޫރިމަނާ ކުރެވޭ އަދި ވަކީލުންގެ ސުލޫކާ ގުޅޭ މައްސަލައެއް ކަމުން ހުރިހާ ފަރާތްތަކުންވެސް ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް އެދި، އެ ފަރާތަކުން ދިރިއުޅޭ ގައުމެއްގެ ވަކީލުން މެދުވެރިކޮށް ނޯޓަރައިޒްކުރުމަށް އިލްތިމާސްކޮށްފަ އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ދޫކުރާ 9003 ގޯތީގެ ތެރޭގައި ހިމެނެނީ, ހުޅުމާލެއިން ދޫކުރާ 1351 ގޯއްޗާއި, ގުޅީފަޅުން ދޫކުރާ 2,219 ގޯތީގެ އިތުރުން ގިރާވަރުފަޅުން ދޫކުރާ 5,433 ގޯއްޗެވެ. އެކަމަށް ހުޅުމާލެއިން 26 ހެކްޓަރު, ގުޅީފަޅުން 42 ހެކްޓަރު އަދި ގިރާވަރުފަޅުން 73 ހެކްޓަރުގެ ބިން ބޭނުންވެ އެވެ.

މި ސްކީމުގެ ދަށުން ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން ގޯތީގެ ރަޖިސްޓްރީ ނުނަގާ 2,000 މީހުން ތިބި ކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވަނީ މި މަހު ނުވައެއްގައި ވިދާޅުވެފަ އެވެ.