Advertisement

ފްލެޓު ލިސްޓަށް 7400 އަށްވުރެ ގިނަ ޝަކުވާ

11 ނޮވެންބަރު 2023 - 09:17 0

ނިމާ ހަސަން

ނިމާ ހަސަން

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފަހިދިރިއުޅުން ކޯޕަރޭޝަނުން އަޅާފައިވާ ފްލެޓުތައް -- ފޮޓޯ: އިޔާން/ އަދަދު


ފްލެޓު ލިސްޓަށް 7400 އަށްވުރެ ގިނަ ޝަކުވާ

11 ނޮވެންބަރު 2023 - 09:17 0

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ދޫކުރާ ފްލެޓްތަކުގެ ދާއިމީ ލިސްޓަށް 7400 އަށްވުރެ ގިނަ ޝަކުވާ ހުށަހަޅައިފި އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިމާރާތް ކުރަމުންދާ ފްލެޓްތަކުގެ ތެރެއިން ފުރަތަމަ ބުރުގައި ދޫކުރަނީ 4,000 ފްލެޓެވެ. ޝަރުތު ހަމަވާ މީހުންގެ ތެރެއިން ފުރަތަމަ 4000 ފްލެޓް ދޫކުރާ މީހުންނަށް ޕޮއިންޓު އުސޫލުން ފްލެޓު ދިނުމުން, އެ މައްސަލަ ބޮޑުވެ, ޕްލޭނިން މިނިސްޓްރީން ވަނީ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ފަސް ދުވަހުގެ މުއްދަތެއް ދީފަ އެވެ.

އެ މުއްދަތު ރޭގެ ނިޔަލަށް ހަމަވިއިރު، ޖުމްލަ 7,421 ޝަކުވާ ހުށަހަޅާފައިވާ ކަމަށް ގެދޮރުވެރިޔާ ކޮމިޓީގެ ޗެއާ އަދި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވި އެވެ.

"އިތުރު އެއްޗެއް ވިދާޅުވެވޭނީ އެ ޝަކުވާތައް ބެލުމަށް ފަހު،" އަކްރަމް ވިދާޅުވި އެވެ.

ފުރަތަމަ ބުރުގައި ދޫކުރާ 4000 ފްލެޓު ދެނީ ތިން ކޮޓަރީގެ އެޕާޓްމަންޓަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން 76 އިން ފެށިގެން މަތިން މާކްސް ލިބުނު މީހުންނަށެވެ. އަދި ދެ ކޮޓަރީގެ އެޕާޓްމަންޓަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން 73 އިން ފެށިގެން މަތިން މާކްސް ލިބުނު މީހުންނަށެވެ.