Advertisement

ރެފްރީގެ ނިންމުންތައް ގޯސްކަމަށް ބުނެ ޓެން ހާގް ރަތަށް!

9 ނޮވެންބަރު 2023 - 18:51 0


ރެފްރީގެ ނިންމުންތައް ގޯސްކަމަށް ބުނެ ޓެން ހާގް ރަތަށް!

9 ނޮވެންބަރު 2023 - 18:51 0

މެންޗެސްޓާ (ނޮވެމްބަރު 9) - ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ރޭ ޑެންމާކުގެ ކޮޕެންހޭގަން އަތުން ބަލިވީ ރެފްރީގެ ގޯސް ނިންމުންތަކުގެ ސަބަބުން ކަމަށް ބުނެ މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ޔުނައިޓެޑުން ދެ ގޯލު ޖަހައި ލީޑު ނަގާފައި އޮތް މެޗުގެ އޮއިވަރު ބަދަލުވީ ފުރަތަމަ ހާފުގެ ފަހުކޮޅު މާކަސް ރަޝްފޯޑަށް ރަތްކާޑު ދެއްކި ހިސާބުންނެވެ. ދިހަ ކުޅުންތެރިންނާއިއެކު ކުޅުނު ޔުނައިޓެޑު ކޮޅަށް ކޯޕަންހޭގަން އިން މި ހާފު ނިމުމުގެ ކުރިން ދެ ގޯލު ޖެހި އެވެ.

ޓެން ހާގް ބުނީ މެޗު އެނބުރުނީ ރެފްރީގެ ގޯސް ނިންމުންތަކުގެ ސަބަބުން ކަމަށާއި، ރަޝްފޯޑަށް ދެއްކި ރަތްކާޑާއި، ކޮޕަންހޭގަންއިން ޖެހި ދެ ގޯލުވެސް ރަނގަޅެއް ނޫންކަމަށެވެ. އޭނާ ބުނީ ސްލޯ މޯޝަންއިން ބަލާއިރު ރަޝްފޯޑުގެ ފައި އިދިކޮޅު ކުޅުންތެރިޔާގެ ފައިގައި ޖެހުނު ގޮތް ތަފާތު ގޮތަކަށް ނެގިދާނެކަމަށާއި، އެއީ އެކަން ކޮށްގެންވާނެ ގޮތެއް ނޫންކަމަށެވެ.

އޭގެ ފަހުން އަނެއް ޓީމުން ޖެހި ފުރަތަމަ ގޯލަކީ އޮފްސައިޑް ގޯލެއްކަމަށާއި، ކޮޕަންހޭގަންއަށް ދިން ޕެނަލްޓީއަކީވެސް ރަނގަޅު ޕެނަލްޓީއެއް ނޫން ކަމަށް އޭނާ ބުންޏެވެ.

"ހާފް ޓައިމްގެ ކުރިން އަހަރުން ކޮޅަށް ވަތް ދެ ގޯލަކީ ރަނގަޅު ދެ ގޯލެއް ނޫން. ވީއޭއާރުން ރަނގަޅަށް ނުބަލައި ނިންމި ނިންމުމެއް އެއީ. މިދިޔަ ހަތަރު މެޗުގައި އަހަރެމެންނާ ދެކޮޅަށް ހަތަރު ޕެނަލްޓި އެ ދިނީ. މިއީ ބޮޑުވަރު،" ޓެންހާގު ބުންޏެވެ.

އޭނާ ބުނީ ބައެއް ފަހަރު ރެފްރީން ނިންމާ ނިންމުންތަކުގެ ސަބަބުން މިއީ ޒާތީ ގޮތުން ކުރާ ކަމެއްގެ ގޮތުގައިވެސް ސިފަވާކަމަށެވެ. އޭނާ ބުނީ ބައެއް ފަހަރު ގޯސްކޮށް ނިންމުންތައް ނިންމާކަމަށާއި، އެކަމަކު މިހާ ގިނައިން އެއް މެޗެއްގައި ނިންމުންތައް ގޯސްވުމަކީ ހަޖަމުކުރަން އުނދަގޫކަމެއްކަމަށެވެ.

"މިގޮތަށް ކަން ހިނގައިގެން ނުވާނެ. ބައެއް ފަހަރު ހީވޭ ފުޓްބޯޅައާ ގުޅުންހުރި ކަމެއް ނޫން ހެން ވެސް،" ހިތްހަމަ ނުޖެހިފައިހުރި ކޯޗު ބުންޏެވެ.

މެޗުން ބަލިވެ ގްރޫޕުގެ ފުލުގައި އޮތް ނަމަވަސް ޓެން ހާގް ހުރީ އިތުބާރާއެކުގަ އެވެ. އޭނާ ބުނީ ޓީމުން ރަނގަޅު ކުޅުމެއް ދެއްކި ކަމަށާއި، ރަނގަޅު ކުރިއެރުމެއް ފެންނަމުން އަންނަކަމަށެވެ.

މެންޗެސްޓާ ޔުނައިޓެޑަށް ބާކީ ޗެމްޕިއަންސް ލީގުގައި އޮތީ ގެލެޓަސަރާއީއާ ދެކޮޅަށް ކުޅޭ މެޗާއި ބަޔާން މިޔުނިކާ ދެކޮޅަށް ކުޅޭ މެޗެވެ.