Advertisement

އަނިޔާގެ ޝަކުވާ ކުރަން ޓެން ހާގް ބޭނުމެއް ނުވި

7 މޭ 2024 - 15:02 0

އަތޫފް އާތިފް

އަތޫފް އާތިފް


އަނިޔާގެ ޝަކުވާ ކުރަން ޓެން ހާގް ބޭނުމެއް ނުވި

7 މޭ 2024 - 15:02 0

މެންޗެސްޓާ (7 މެއި) - އަނިޔާގެ މައްސަލަ ގިނަ ކަމަށާއި, އެކަމަކު އެއީ ނަތީޖާ ނުނެރެވެންވީ ސަބަބެއް ނޫން ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

ޔުނައިޓެޑުން ރޭ ކްރިސްޓަލް ޕެލަސް އަތުން 4-0 ގެ ނަތީޖާ އަކުން ބަލިވެ, ލީގު ތާވަލުގެ އަށް ވަނަ އަށް އެ ޓީމު ވަނީ ވެއްޓިފަ އެވެ. ޔުނައިޓެޑުން ލީގު ތާވަލުގެ އަށް ވަނައިގައި އޮތީ ކުޅުނު 35 މެޗުން ލިބުނު 54 ޕޮއިންޓާ އެކުގަ އެވެ. މި އަދަދަށް ޕޮއިންޓް ހޯދައިގެން ޗެލްސީ އޮތީ ލީގު ތާވަލުގެ ހަތް ވަނައިގަ އެވެ. އެ ޓީމަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

ޕެލަސް އަތުން ބަލިވި, މެޗަށް ފަހު ވާހަކަ ދައްކަމުން ޓެން ހާގް ބުނީ އެންމެން އަށް ވެސް ޔުނައިޓެޑްގެ އަނިޔާގެ މައްސަލަ އެނގޭ ކަމަށާއި, އެކަމަކު އެއީ މި ފެންވަރުގެ މެޗުތަކުން ބަލިވާން ދަށްކަން ޖެހޭ އުޒުރެއް ނޫން ކަމަށެވެ. އަދި އަނިޔާގެ މައްސަލައާ އެކު, ވެސް މި އަށްވުރެ ރަނގަޅަށް ނަތީޖާ ނެރެވެން ޖެހޭނެ ކަމަށް ޓެން ހާގް ބުންޏެވެ.

"އެންމެން އަށްވެސް އެނގޭ ޔުނައިޓެޑުގެ އަނިޔާގެ މައްސަލަ. އެކަމަކު މިހާރު ތިބި ކުޅުންތެރިންނަށް މި އަށްވުރެ ރަނގަޅަށް ޕާފޯމް ކުރެވެން ޖެހޭ" ޓެން ހާގް ބުންޏެވެ.

ޓެން ހާގް ބުނީ މިހާރު ތިބި ކުޅުންތެރިންނާ އެކު، ސަޕޯޓަރުން އެދޭ ސަޕޯޓާ އެއްވަރަށް ކުރިއަށް ހުރި މެޗުތަކުގައި ޕާފޯމް ކުރަން މަސައްކަތް ކުރާނެ ކަމަށް ބުނެފަ އެވެ.

މި ސީޒަނުގައި ޔުނައިޓެޑް ކޮޅަށް 81 ގޯލު ވަނީ ވަދެފަ އެވެ. މިއީ 1976 ގެ ފަހުން އެ ޓީމު ކޮޅަށް މިހާ ބައިވަރު ގޯލު ވަން ފުރަތަމަ ފަހަރެވެ. އަދި އެ ޓީމުން ވަނީ މި ސީޒަނުގެ ލީގުގައި ކުޅުނު 13 މެޗުން ބަލިވެފަ އެވެ. މިއީ ވެސް އެ ޓީމުގެ ތާރީހުގައި މުޅިން އަލަށް ވި ކަމެކެވެ.

ޔުނައިޓެޑުން ނެރެމުން އަންނަ ދަށް ނަތީޖާ ތަކުގެ ސަބަބުން މި ސީޒަނަށް ފަހު ޔުނައިޓެޑްގެ ކޯޗުކަމުގެ މަގާމުން ޓެން ހާގް ވަކިކުރާނެ ކަމަށް ބެލެވެ އެވެ. އެކަމަކު، ޓެން ހާގް ވަނީ އޭނާ އަންނަ ސީޒަނުގައި ވެސް ހުންނާނީ ޔުނައިޓެޑްގެ ކޯޗުކަމުގައި ކަމަށް ބުނެފަ އެވެ.