Advertisement

ސީރިއާގައި ހުރި ހަތިޔާރު ރައްކާ ކުރާ ގުދަނަކަށް އެމެރިކާއިން ބޮން އަޅައިފި

9 ނޮވެންބަރު 2023 - 10:19 0

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން.


ސީރިއާގައި ހުރި ހަތިޔާރު ރައްކާ ކުރާ ގުދަނަކަށް އެމެރިކާއިން ބޮން އަޅައިފި

9 ނޮވެންބަރު 2023 - 10:19 0

ސީރިއާގައި ހުރި ކަމަށް އެމެރިކާއިން ބުނާ އީރާނުގެ ހަތިޔާރު ރައްކާ ކުރާ ގުދަނަކަށް އެމެރިކާން ބޮން އަޅައި ހަމަލާ ދީފި އެވެ.

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން ވިދާޅުވި ގޮތުގައި އެއީ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސްއިން ބޭނުންކުރަމުންދާ ގުދަނެކެވެ. މި ހަމަލާ ދިނުމަށް އޯޑަރު ދެއްވީ އެ ގައުމުގެ ރައީސް ޖޯ ބައިޑެން އެވެ.

މިއީ މެދުއިރުމަތީގައި ހުރި އެމެރިކާގެ ބޭސްތަކަށް މިހާރު ދެމުންދާ ހަމަލާތަކާ ގުޅިގެން އަމިއްލަ ދިފާއުގައި ދިން ހަމަލާތަކެއް ކަމަށް ލޮއިޑް ވިދާޅުވި އެވެ. މި ހަމަލާ ދިނުމަށް ބޭނުންކޮށްފައި ވަނީ އެފް-15 ފައިޓަރު ޖެޓުތަކެކެވެ.

އިރާގާއި ސީރިއާގައި ހުންނަ އެމެރިކާގެ ބޭސްތަކަށް މިހާތަނަށް 40 އަށްވުރެ ގިނަ ހަމަލާ ދީފައިވެ އެވެ. އެމެރިކާއިން ތުހުމަތު ކުރާ ގޮތުގައި އެއީ އީރާން އަޑީގައި އޮވެ ދެމުންދާ ހަމަލާތަކެކެވެ.