Advertisement

ބިންވެރިޔާ ސްކީމް: ގޯތީގެ ރަޖިސްޓްރީ އާ ހަވާލުނުވާ 2,000 މީހުން އަދިވެސް އެބަތިބި

9 ނޮވެންބަރު 2023 - 10:41 0

ނިމާ ހަސަން

ނިމާ ހަސަން

ބިންވެރިޔާ ސްކީމުން ގޯތި ލިބޭ މީހުންގެ ގުރުނެގުމުގެ ތެރެއިން; މިހާތަނަށް ރަޖިސްޓްރީ ނުލިބެނީ 2000 މީހުންނަށް -- ފައިލް ފޮޓޯ: އަދަދު


ބިންވެރިޔާ ސްކީމް: ގޯތީގެ ރަޖިސްޓްރީ އާ ހަވާލުނުވާ 2,000 މީހުން އަދިވެސް އެބަތިބި

9 ނޮވެންބަރު 2023 - 10:41 0

ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން ގޯތީގެ ރަޖިސްޓްރީ ނުނަގާ 2,000 މީހުން ތިބި ކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.

ގެދޮރުވެރިޔާ ކޮމިޓީގެ ޗެއާކަން ވެސް ކުރައްވާ އަކްރަމް މިއަދު "އަދަދު" އަށް ވިދާޅުވީ ގޯތީގެ ރަޖިސްޓްރީ ނުނަގާ ތިބި 2000 މީހުންގެ ތެރޭގައި ހިމެނެނީ ފުރަތަމަ ކޯލުން ނުގުޅި ތިބި މީހުންނާއި ރަޖިސްޓްރީ ބަލައި ނާންނަ މީހުން ކަމަށެވެ.

ގޯތީގެ ރަޖިސްޓްރީ ދޫކުރުމަށް ކަނޑައަޅާފައިވާ ވަގުތު ހަމަވިިއަސް އަކްރަމް ވިދާޅުވި ގޮތުގައި ހުރިހާ ގޯއްޗެއް ހަވާލު ކުރެވެންދެން އެގްރީމަންޓާއި ރަޖިސްޓްރީގެ މަސައްކަތް ކުރިއަށް ދާނެ އެވެ.

"ބަލައި ދިއުމުން ގާތްގަނޑަކަށް ތިން ދުވަހުގެ ތެރޭގައި ރަޖިސްޓްރީތައް ހަވާލުކޮށް ނިމޭނެ. ދުވާލަކު މަދުވެގެން 600 އެބަ ދޫކުރެވޭ. އެއްކޮށް ދޫކޮށް ނިމެންދެން ދަރުބާރުގޭގައި އެކަން ކުރިއަށް ދާނެ" އަކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަޖިސްޓްރީ ބަލައި ދާންވީ ދުވަސް އެ މިނިސްޓްރީން އެސްއެމްއެސްއެއް މެދުވެރިކޮށް އަންގަމުންދާނެ ކަމަށެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ދޫކުރާ 9003 ގޯތީގެ ތެރޭގައި ހިމެނެނީ, ހުޅުމާލެއިން ދޫކުރާ 1351 ގޯއްޗާއި, ގުޅީފަޅުން ދޫކުރާ 2,219 ގޯތީގެ އިތުރުން ގިރާވަރުފަޅުން ދޫކުރާ 5,433 ގޯއްޗެވެ. އެކަމަށް ހުޅުމާލެއިން 26 ހެކްޓަރު, ގުޅީފަޅުން 42 ހެކްޓަރު އަދި ގިރާވަރުފަޅުން 73 ހެކްޓަރުގެ ބިން ބޭނުންވެ އެވެ.

ގިރާވަރުފަޅުން ގޯތި ދިނުމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން އެ ފަޅު ހިއްކައިގެން 169 ހެކްޓަރުގެ ބިން އުފައްދަން ވަނީ ނިންމައިފަ އެވެ. ގިރާވަރުފަޅުގެ އިތުރުން ހުޅުމާލޭގައި ވެސް ބިން ހިއްކުމުގެ މަޝްރޫއެއް ސަރުކާރުން ކުރިއަށް އެބަ ގެންދެ އެވެ.