Advertisement

އޭޖީ އާއި މަޖިލީހުގެ ސްޓޭންޑު ތަފާތުވުމުން ޕީޕީއެމްއިން އިޖުރާއީ އިއުތިރާޒެއް

6 ނޮވެންބަރު 2023 - 11:42 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


އޭޖީ އާއި މަޖިލީހުގެ ސްޓޭންޑު ތަފާތުވުމުން ޕީޕީއެމްއިން އިޖުރާއީ އިއުތިރާޒެއް

6 ނޮވެންބަރު 2023 - 11:42 0

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ގަރާރު އިއްވާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމާ މެދު، އެޓާނީ ޖެނެރަލްގެ އޮފީހާއި، ރައްޔިތުންގެ މަޖިލީހު އިދާރާގެ ސްޓޭންޑުގައި ހިލާފުތަކެއް އުޅޭއިރު ޝަރީއަތުގައި އެޓާނީ ޖެނެރަލްގެ އޮފީހުން މަޖިލިސް ތަމްސީލު ކުރުމާ މެދު ޕީޕީއެމް/ޕީއެންސީން އިއުތިރާޒެއް ހުށަހަޅައިފި އެވެ.

މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ބ. ގައި އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅައިފައިވާ މައްސަލައަށް ގޮތެއް ނިންމުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ ނައިބު ރައީސް ކަމަށެވެ.

ނައިބު ރައީސަށް ރިޔާސަތު ނުބެހެއްޓޭ ހާލަތެއްގައި ވާނެ ގޮތެއް ގަވައިދުގެ 205 ވަނަ މާއްދާގައި ނޯވެ އެވެ. އެހެންވެ މަޖިލީހުން އެ ކަމަށް އެކަނި ރިއާޔަތްކޮށް، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާ ކަމަށް ވިދާޅުވެ ސަލާމުގައި ހުންނެވުމުން މަޖިލީހުގެ ޖަލްސާއެއް ވަނީ ކެންސަލް ކޮށްފަ އެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅީ ގަވާއިދުގެ 44 ވަނަ މާއްދާއާ ހަވާލާދީ އެވެ. އެ މާއްދާގައި ވަނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތު ނުބެހެއްޓޭ ވަގުތު ރިޔާސަތު ބަލަހައްޓަން ފަސް މެންބަރަކު ކަނޑައަޅާފައި އޮންނަން ޖެހޭ ކަމެވެ.

މި މައްސަލާގައި އެޓާނީ ޖެނެރަލްގެ އޮފީހުގެ ސްޓޭންޑަކީ އެމްޑީޕީން ވަކާލާތު ކުރާ ގޮތެވެ. މީގެ ކުރިން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު އެ ގޮތަށް ގާނޫނީ ލަފާ ވެސް ވަނީ ދެއްވައިފަ އެވެ.

މިއަދުގެ އަޑުއެހުމުގައި ޕީޕީއެމް/ޕީއެންސީގެ ވަކީލު އާޒިމާ ޝަކޫރު ވިދާޅުވީ އެޓާނީ ޖެނެރަލްގެ އޮފީހުން ޝަރީއަތަށް އަރުވާފައިވާ ޖަވާބާއި ރައްޔިތުންގެ މަޖިލީހުގެ ސްޓޭންޑްގައި ހިލާފުތަކެއް ހުރިއިރު އެޓާނީ ޖެނެރަލްގެ އޮފީހުން ރައްޔިތުންގެ މަޖިލިސް ތަމްސީލްކުރާނެ ގޮތް ނުވިސްނޭ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ އެއް ބާރު، ބަންޑާރަ ނައިބަކީ މުއައްސަސާއެއް، ދައުލަތުގެ މުއައްސަސާއަކުން ގާނޫނު އަސާސީއާއި ގާނޫނަކާ ހިލާފުވާ ގޮތަށް ގާނޫނެއް ގަވާއިދެއް މާނަކުރާނަމަ ކުރިއާލާ ވެސް ފިޔަވަޅު އަޅަން ޖެހޭނެ،" އާޒިމާ ވިދާޅުވި އެވެ.

އެޓާނީ ޖެނެރަލްގެ ނިންމުމަކީ ޝަރީއަތުން ވިސްނަން ޖެހޭ ކަމަށް އާޒިމާ ވިދާޅުވި އެވެ. ދައުލަތުން ރައްޔިތުންގެ މަޖިލިސް ތަމްސީލް ކުރުމުގައި އުސޫލުތަކެއް ވެސް ނަަގަހައްޓަވާފައިވާ ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

"ބަންޑާރަ ނައިބުގެ އޮފީހުން، ދައުލަތުގެ އެއް ބާރުން ގާނޫނު އަސާސީއާ ހިލާފުވި ކަމަށް ދެކި، އެ ކަމަށް ފާޅުގައި އެއްވެސް އެއްޗެއް ވިދާޅުނުވެ، އިންޓަވީން ކުރަން ވެސް މަސައްކަތް ނުކޮށް، ކޯޓަކަށް މައްސަލަ ގެނުމަކީ ވަރަށް ސީރިއަސް މައްސަލައެއް،" އާޒިމާ ވިދާޅުވި އެވެ.

އެހެން ނަމަވެސް ޝަރީއަތުގެ މަޖިލިސް ކުރިއަށް ގެންދަނީ ދައުލަތުގެ ސްޓޭންޑް އެޓާނީ ޖެނެރަލްގެ އޮފީހުން ވަކާލާތު ކުރާ ގޮތަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކައުންސިލަ ޖެނެރަލް ފާތިމަތު ފިލްޒާ ގެންދަވަނީ މަޖިލީހުގެ ނިންމުމާ ގުޅޭ ގޮތުން ޝަރީއަތުގައި ޖަވާބުދާރީ ވަމުންނެވެ.

މި މައްސަލަ ކުރިއަށް ގެންދަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ. ދެން ތިއްބެވީ ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު އަލީ ރަޝީދާއި، ފަނޑިޔާރު ޑރ. އިބްރާހިމް މުހައްމަދެވެ.

ޝަރީއަތުން މަސައްކަތް ކުރަނީ މިއަދު ހަވީރު 3:00 ޖަހަންވާ އިރަށް އަޑުއެހުންތައް ނިންމުމަށެވެ. ކުރަން ހުރި ބަހުސްތައް ނުނިމޭނަމަ މާދަމާ އަޑުއެހުމެއް ބާއްވާނެ ކަމަށް ވެސް ރިޔާސަތުން އިއުލާން ކުރެއްވި އެވެ.

އެއިރު މައްސަލައަށް ތަދައްހުލްވި ޑިމޮކްރެޓްސްއިން ވަނީ ބުރާސްފަތި ދުވަހުގެ ނިޔަލަށް ފުރުސަތުތަކެއް ދިނުމަށް އެދިފަ އެވެ. މަޖިލީހުގެ ރައީސް ނަޝީދާއި، ނައިބު ރައީސް އީވާ ނިސްބަތް ވަނީ ޑިމޮކްރެޓްސްއަށެވެ. އަދި އެއީ މިހާރު މަޖިލީހުގެ މައިނޯރިޓީ ޕާޓީ އެވެ.

ދެން މައްސަލައަށް ތަދައްހުލްވި ޕީޕީއެމް/ޕީއެންސީގެ ނުވަ މެންބަރަކު މަޖިލީހުގައި ތިއްބަވާއިރު، ނޮވެމްބަރު 17، ގައި މަޖިލީހުގެ ޖަލްސާއަކުން ރައީސުލްޖުމްހޫރިއްޔާގެ ހުވާކުރައްވާ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިސްބަތްވަނީ ޕީޕީއެމް/ޕީއެންސީއަށެވެ.