Advertisement

ހުލާސާކޮށް އިއްޔެ: 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓު އާންމުކުރުން

5 ނޮވެންބަރު 2023 - 07:06 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހަދަމުންދާ 4000 ފްލެޓުގެ ބައެއް ޓަވަރުތައް. -- ފޮޓޯ: ރައީސް އޮފީސް


ހުލާސާކޮށް އިއްޔެ: 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓު އާންމުކުރުން

5 ނޮވެންބަރު 2023 - 07:06 0

މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު އިއްޔެ ނެރެފި އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ދެނީ 4,000 ފްލެޓެވެ. އެއީ ދެ ކޮޓަރީގެ ފްލެޓާއި ތިން ކޮޓަރީގެ ފްލެޓްތަކެވެ.

އިއްޔެ ނެރުނު ދާއިމީ ލިސްޓުގައި ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން, ފުރަތަމަ ބުރުގައި ދޫކުރާ 4000 ފްލެޓު ދެނީ ތިން ކޮޓަރީގެ އެޕާޓްމަންޓަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން 76 އިން ފެށިގެން މަތިން މާކްސް ލިބުނު މީހުންނަށެވެ. އަދި ދެ ކޮޓަރީގެ އެޕާޓްމަންޓަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން 73 އިން ފެށިގެން މަތިން މާކްސް ލިބުނު މީހުންނަށެވެ.

4000 ފުލެޓްގެ ތެރެއިން ފުލެޓް ލިބުމަށް ހޮވިފައިވާ ފަރާތްތަކަށް، އެފަރާތަކަށް ލިބޭ ފުލެޓް ކަނޑައަޅުމަށްޓަކައި ގުރުއަތުލުން ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ގުރުއަތުލުމަށް ހާޒިރުވާނެ ދުވަހާއި ގަޑި ޕޯޓަލް މެދުވެރިކޮށް އަންގާނެ ކަމަށް ވެސް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ ދާއިމީ ލިސްޓުގައި ޝަރުތު ހަމަވާ ކަމަށް ބުނާ ނަމަވެސް ފުރަތަމަ ދޭ 4000 ފްލެޓުގެ ތެރޭގައި ނުހިމެނޭ މީހުންނަށްވެސް ސަރުކާރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހައުސިން މަޝްރޫއުތަކުގެ ތެރެއިން ފުލެޓެއް ދިނުމަށް ހަމަޖެހިފައިވާކަމުގެ ލިޔުން ޕޯޓަލް މެދުވެރިކޮށް ދޭނެ ކަމަށެވެ.

ހަމައެއާއެކު ދެމަފިރިން ވަކިން ހުށަހަޅައިގެން ފުލެޓް ލިބުމަށް ހޮވިފައިވާނަމަ ފުލެޓް ދިނުމަށް ހަމަޖެހިފައިވަނީ ދެމަފިރިންނަށް އެއް ފުލެޓެވެ.

މި ލިސްޓު އާންމުކޮށްފައި ވަނީ އުސޫލުން ބޭރުން, ކޮރަޕްޝަން އެކުލެވޭހެން 4,000 ފްލެޓް ބަހާލަން އުޅޭކަމުގެ ތުހުމަތުގައި އޭސީސީއަށް މައްސަލަ ހުށަހަޅާފައި ވަނިކޮށެވެ. އެ މައްސަލަަ މިހާރު ވަނީ އޭސީސީގައި ރަޖިސްޓްރީ ވެސް ކޮށްފަ އެވެ.

އެ ސްކީމުގެ ދަށުން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ސަރުކާރުން އަންނަނީ 18 ބުރީގެ 32 ޓަވަރު އިމާރާތް ކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،200 ޔުނިޓާއި ތިން ކޮޓަރީގެ 2،800 ޔުނިޓެވެ. އެ ޔުނިޓުތަކުގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ގާތްވެފަ އެވެ.

އޭގެ އިތުރުން ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ ހުޅުމާލޭގައި އިތުރު 4،000 ހައުސިން ޔުނިޓު އެޅުމަށް އިންޑިއާގެ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް) އާ ހަވާލުކޮށްފަ އެވެ. އަދި އިތުރު 2،000 ޔުނިޓު އިމާރާތް ކުރުމަށް ވެސް ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ.

އަކްރަމް ވަނީ ފްލެޓަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވި މީހުންނަށް ފްލެޓު ދިނުމަށްޓަކައި އިތުރު ހައުސިން ޔުނިޓުތަކެއް އިމާރާތްކުރަން ބަޔަކާ ހަވާލު ކުރަން ތައްޔާރު ވަމުން އަންނަ ކަމަށް ވެސް ވިދާޅުވެފަ އެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ފޮޓޯ

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފްލެޓުތައް ހުންނާނެ ގޮތުގެ ނަމޫނާއެއްގެ ގޮތުގައި ތައްޔާރުކުރި ފްލެޓުގެ ފޮޓޯއެއް. މި ފޮޓޯ ރައީސް އޮފީހުން ނަގާފައި ވަނީ ޖެނުއަރީ 20، 2023 ގައި.