Advertisement

ދިވެހި ސާފް ލީގުގެ ޖޫނިއާ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ކައިޕުޓީ

4 ނޮވެންބަރު 2023 - 18:07 0

ރަންނަމާރި ޗެލެންޖު 1445ގެ ޖޫނިއާ ބައިގެ ވަނަތަކަށް ހޮވުނު ސާފަރުން ޓްރޮފީ ދައްކާލަނީ - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ދިވެހި ސާފް ލީގުގެ ޖޫނިއާ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ކައިޕުޓީ

4 ނޮވެންބަރު 2023 - 18:07 0

ރަންނަމާރި ޗެލެންޖުގެ ޖޫނިއާ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައި ދިވެހި ސާފް ލީގުގެ ފުރަތަމަ ޖޫނިއާ ޗެމްޕިއަންގެ ޝަރަފް ކަޔާން އަބްދުﷲ އަރީފް (ކައިޕުޓީ) ހޯދައިފި އެވެ.

18 އަހަރުން ދަށުގެ ސާފަރުންނަށް ކުރިއަށްދާ ދިވެހި ސާފް ލީގުގެ ޖޫނިއާ ޑިވިޝަންގެ ޗެމްޕިއަންކަން ކަޔާން ހޯދީ 2،730 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގެ ދެ ވަނައަށް ދިޔައީ 2،450 ޕޮއިންޓާއިއެކު ޔަސީން އަހުމަދު ނާޝިދު އެވެ. ތިން ވަނަ އަށް ދިޔައީ 2,450 ޕޮއިންޓް ހޯދި ޔޫސުފް ކަޔާން ހަމްދާން ޒަކީ އެވެ. ޖޫނިއާ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދުމަށް ގުނަނީ ފަސް މުބާރާތުގެ ތެރެއިން އެންމެ މަތިން ސްކޯ ހޯދާ ތިން މުބާރާތެވެ.

ކަޔާން އަބްދުﷲ އަރީފް ވަނީ ދިވެހި ސާފް ލީގުގެ ފަސް މުބާރާތުގައިވެސް ވާދަކޮށްފަ އެވެ. ހުރިހާ މުބާރާތެއްގެ ވެސް ސެމީ ފައިނަލުގައި އޭނާ ވާދަކުރިއިރު، ގާމާދޫކޮޅު މުބާރާތާއި، ރަންނަމާރި ޗެލެންޖުގެ ޗެމްޕިއަންކަން އޭނާ ހޯދި އެވެ.

ދެ ވަނަ އަށް ދިޔަ ޔަސީން ދެ ފައިނަލެއްގައި ވާދަކުރި ނަމަވެސް ޗެމްޕިއަންކަން ނުލިބެ އެވެ. އަނެއް ތިން މުބާރާތުގެ ތެރެއިން އެއް މުބާރާތުގެ ސެމީގައި ވާދަކުރިއިރު، އަނެއް ދެ މުބާރާތުން ކެޓީ ކުއާޓާ ފައިނަލުންނެވެ.

ސާފް ލީގުގެ ފަހު މުބާރާތްކަމަށްވާ ރަންނަމާރި ޗެލެންޖުގެ ޗެމްޕިއަންކަން ކައިޕުޓީ ހޯދީ ފައިނަލުގައި މުހައްމަދު އިނާން އަބްދުލް ހަންނާން ބަލިކޮށްގެންނެވެ. ސާފް ލީގުގެ މުބާރާތެއްގެ ފައިނަލުގައި ފުރަތަމަ ފަހަރަށް ވާދަކުރި އިނާންގެ މައްޗަށް ކައިޕުޓީ ކުރި ހޯދީ 12.25ގެ ސްކޯއަކުންނެވެ. އިނާންއަށް ލިބުނީ 7.75ގެ ސްކޯއެކެވެ.

ރަންނަމާރި ޗެލެންޖުގެ ތިންވަނައަށް ދިޔައީ ސައްޔިދު ސަލާހުއްދީން އާއި ޔޫސުފް ކަޔާން އެވެ. ސެމީ ފައިނަލުން ސައްޔިދު ކެޓީ ކައިޕުޓީ އަތުންނެވެ. ޔޫސުފް ކަޔާން ކެޓީ އިނާންއާ ވާދަކޮށް ކުޑަ ފަރަގަކުންނެވެ.