Advertisement

ރަންނަމާރި ޗެލެންޖް ތިން ވަނަ ފަހަރަށް އާޔާ އަށް

4 ނޮވެންބަރު 2023 - 18:02 0

ރަންނަމާރި ޗެލެންޖު 1445ގެ އަންހެން އޯޕަން ބައިގެ ވަނަތަކަށް ހޮވުނު ސާފަރުން ޓްރޮފީ ދައްކާލަނީ - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ރަންނަމާރި ޗެލެންޖް ތިން ވަނަ ފަހަރަށް އާޔާ އަށް

4 ނޮވެންބަރު 2023 - 18:02 0

ރަންނަމާރި ޗެލެންޖް 1445 ގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައި މި މުބާރާތް ޖެހި ޖެހިގެން ތިން ވަނަ ފަހަރަށް މަރިޔަމް ރާހިލް ނަސީމް (އާޔާ) ހޯދައިފި އެވެ.

ފުރަތަމަ ފަހަރަށް ގައުމީ މުބާރާތުގައި އަންހެން ޑިވިޝަން ހިމެނީ 2021 ގަ އެވެ. އެ އަހަރު އާޔާ ޗެމްޕިއަންކަން ހޯދައި ތާރީހުން ޖާގަ ހޯދިއިރު، އޭގެ ފަހުން ސާފިން މުބާރާތެއްގައި އަންހެން ޑިވިޝަން ހިމެނި ހުރިހާ ފަހަރަކު ޗެމްޕިއަންކަން ހޯދީ އާޔާ އެވެ.

އޭނާ ވަނީ 2021 ގެ ރަންނަމާރި ޗެލެންޖު ހޯދުމުގެ އިތުރުން 2022 ގައި ގދ. ގައްދޫގައި އޮތް ކަޅެގަލެކޮޑާ މުބާރާތާއި ކ. ހިންމަފުށީގައި އޮތް ގާމާދޫކޮޅު ރާޅުގަނޑު މުބާރާތުގެ އިތުރުން މިދިޔަ އަހަރުގެ ރަންނަމާރި ޗެލެންޖުވެސް ކާމިޔާބުކޮށްފަ އެވެ. އަދި މިއަހަރު ކ. ތުލުސްދޫގައި އޮތް އޭޝިއަން ސާފިން ޗެމްޕިއަންޝިޕްވެސް ކާމިޔާބުކުރީ އާޔާ އެވެ.

މިއަހަރުގެ ރަންނަމާރި ޗެލެންޖުގެ ޗެމްޕިއަންކަން އާޔާ ހޯދީ ފައިނަލުގައި ނަހާ ނަސްރުﷲ ބަލިކޮށްގެންނެވެ. ފައިނަލް ހީޓުގައި އާޔާ ވަނީ 8.37 ގެ ސްކޯއެއް ހޯދާފަ އެވެ. ނަހާ އަށް ހޯދުނީ 7.47 ގެ ސްކޯއެކެވެ.

ހަތަރު ބައިވެރިން ވާދަކުރި އަންހެން ޑިވިޝަންގެ ތިން ވަނަ ހޯދީ ޝާޒިޔާ ސައީދު (ޝާޒު) އެވެ. އޭނާ ވަނީ ތިން ވަނަ ހޮވަން ކުރިއަށްގެންދިޔަ ހީޓުގައި ރިޝްތާ ސުޖާއުގެ މައްޗަށް ކުރި ހޯދާފަ އެވެ. ޝާޒު 8.50 ގެ ސްކޯއެއް މި ހީޓުގައި ހޯދިިއިރު، ރިޝްތާއަށް ލިބުނީ 5.60 ގެ ސްކޯއެކެވެ.