Advertisement

ޕްރިމިއާ ލީގުގެ މެޗަކަށް ފުރަތަމަ ފަހަރަށް އަންހެން ރެފްރީއެއް!

3 ނޮވެންބަރު 2023 - 15:23 0


ޕްރިމިއާ ލީގުގެ މެޗަކަށް ފުރަތަމަ ފަހަރަށް އަންހެން ރެފްރީއެއް!

3 ނޮވެންބަރު 2023 - 15:23 0

ލަންޑަން (ނޮވެމްބަރު 3) - ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލާ އެންމެ އަގުބޮޑު ލީގުކަމަށްވާ އިނގިރޭސި ޕްރެމިއާ ލީގުގައި ފުރަތަމަ ފަހަރަށް އަންހެން ރެފްރީ އަކަށް ފުރުސަތުދީފި އެވެ.

ޕްރިމިއާ ލީގުގައި ފުލަމް އާއި މެންޗެސްޓާ ޔުނައިޓެޑް ވާދަކުރާ މެޗަށް ނެގި އޮފިޝަލުންގެ ތެރޭގައި ހިމެނޭ އަންހެން ރެފްރީ އަކީ ރެބެކާ ވެލްޗް އެވެ. ވެލްޗް ނަގާފައިވަނީ މި މެޗުގެ ހަތަރުވަނަ އޮފިޝަލަކަށެވެ. މެޗުގެ ފަސްޓް ރެފްރީ ޖޯން ބްރޫކްސްއަށް އަނިޔާއެއްވެ މެޗު ކުރިއަށް ނުގެންދެވިއްޖެ ނަމަ ވެލްޗް އަށް ދަނޑައަށް އަރައި މެޗަށް އިންސާފުކުރަންވެސް ފުރުސަތު ލިބޭނެ އެވެ.

އިންގްލެންޑުގެ އެންމެ ކާމިޔާބު އަންހެން ރެފްރީގެ ގޮތުގައި ފާހަގަވެފައިވާ ވެލްޗް ވަނީ މިދިޔަ އޮގަސްޓް މަހު ނިމުނު ފީފާ އަންހެން ވޯލްޑް ކަޕްގައިވެސް ރެފްރީކަން ކޮށްފަ އެވެ.

އެ މުބާރާތުގެ ތިން މެޗެއްގައި އޭނާ ރެފްރީކަންކުރިއިރު، އޭގެ ތެރޭގައި ގަދަ 16ގައި ޑެންމާކާއި އޮސްޓްރޭލިއާ ވާދަކުރި މެޗު ހިމެނެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ މެޗެއްގައި އޮފިޝަލްކަންކުރުމުގެ ފުރުސަތު ލިބުމުގެ ކުރިން އޭނާއަށް ދެވަނަ ޑިވިޝަންކަމަށްވާ ޗެމްޕިއަންޝިޕުގައި ރެފްރީކަންކުރަން ފުރުސަތު ލިބުނީ މިއަހަރު ޖެނުއަރީ މަހުގަ އެވެ. މިގޮތުން އިނގިރޭސި ޗެމްޕިއަންޝިޕްގައި ބާމިންހަމް އާއި ޕްރެސްޓަން ވާދަކުރި މެޗުގައި އޭނާ ރެފްރީކަންކުރި އެވެ. މިއާއިއެކު އޭނާ ވެފައިވަނީ ޗެމްޕިއަންޝިޕުގައިވެސް ރެފްރީކަން ކުރި ފުރަތަމަ އަންހެން ރެފްރީ އަށެވެ.

މީގެ ކުރިން ވެލްޗް ވަނީ 2017 އަދި 2020ގެ އަންހެނުންގެ އެފްއޭ ކަޕްގައި ރެފްރީކަންކޮށްފަ އެވެ.