Advertisement

އިންޑޮނޭޝިއާގެ އިންތިހާބާ ދިމާކޮށް ހަމަލާ ދޭން އުޅުނު 59 މީހުން ހައްޔަރުކޮށްފި

1 ނޮވެންބަރު 2023 - 07:19 0


އިންޑޮނޭޝިއާގެ އިންތިހާބާ ދިމާކޮށް ހަމަލާ ދޭން އުޅުނު 59 މީހުން ހައްޔަރުކޮށްފި

1 ނޮވެންބަރު 2023 - 07:19 0

އަންނަ އަހަރު އިންޑޮނޭޝިއާގައި ބާއްވަން ތާވަލުކޮށްފައިވާ އިންތިހާބާ ދިމާކޮށް ހަމަލާ ދޭން އުޅުނުކަމުގެ ތުހުމަތުގައި 59 މީހުން ހައްުޔަރުކޮށްފި އެވެ.

އިންޓެލިޖެންސް މައުލޫމާތުތަކަކާ ގުޅިގެން އެ ގައުމުގެ ހާއްސަ ކައުންޓާ ޓެރަރިޒަމް ޔުނިޓުން ހިންގި މި އޮޕަރޭޝަނުގައި، ހަތިޔާރާއި ޕްރޮޕަގަންޑާ ފެތުރުމަށް ބޭނުންކުރާ ތަކެތީގެ އިތުރުން ބޮން ހެދުމަށް ބޭނުންވާ ކެމިކަލް ވަނީ އަތުލައިގަނެފަ އެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ތިބީ ޑިމޮކްރަސީ ގަބޫލުނުކުރާ މީހުން ކަމަށާއި އެއީ އެ މީހުން ހަމަލާ ދިނުމަށް ނިންމި ސަބަބު ކަމަށް ވެސް އެ ގައުމުގެ އިދާރާތަކުން ވަނީ ބުނެފަ އެވެ.

ހަމަލާތައް އަމާޒުކުރަން ނިންމީ އިންތިހާބާ ދިމާކޮށް އިތުރުކުރާ ސަލާމަތީ ހިދުމަތްތަކުގެ އޮފިސަރުންނާ ދެކޮޅަށް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ހަމަލާގެ ތުހުމަތަށް ހައްޔަރުކުރި މީހުންގެ ތެރެއިން 19 މީހަކީ އަލްގައިދާއާ ގުޅިފައިވާ މީހުންނެވެ. ބާކީ 40 މީހުން އައިސިސްއާ ގުޅުން އޮތް ކަމަށް ވެސް އިންޑޮނޭޝިއާގެ އިދާރާތަކުން ހާމަކުރި އެވެ.

އެ ގައުމުގެ ޓޫރިސްޓު މަންޒިލެއް ކަމަށްވާ ބާލީގައި 2002 ވަނަ އަހަރު ދިން ބޮމުގެ ހަމަލާއަށް ފަހު ހަތިޔާރު އެޅި ގްރޫޕުތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅާފަ އެވެ.