Advertisement

މަރުހަބާ ކަޕް: ގައްދޫ، ތުލުސްދޫ، މާލެ އަދި ރަސްމާދޫ ސެމީއަށް

31 އޮކްޓޯބަރު 2023 - 10:02 0

ރަންނަމާރި ޗެލެންޖުގެ މަރުހަބާ ކަޕްގައި ވާދަކުރާ ގައްދޫ ޓީމް - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


މަރުހަބާ ކަޕް: ގައްދޫ، ތުލުސްދޫ، މާލެ އަދި ރަސްމާދޫ ސެމީއަށް

31 އޮކްޓޯބަރު 2023 - 10:02 0

ގައުމީ ސާފިން މުބާރާތް ޚަމަށްވާ ރަންނަމާރި ޗެލެންޖުގައި ކުރިއަށްދާ ޓީމް އިވެންޓުގެ ސެމީ ފައިނަލުން ގދ. ގައްދޫ، ކ. ތުލުސްދޫ، ކ. މާލެ އަދި ރ. ރަސްމާދޫ އިން ޖާގަ ހޯދައިފި އެވެ.

ރަންނަމާރި ޗެލެންޖުގެ ޓީމް އިވެންޓުކަމަށްވާ މަރުހަބާ ކަޕްގެ ސެމީ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ރަސްމާދޫ ނުކުންނާނީ ގައްދޫއާ ދެކޮޅަށެވެ. އަނެއް ސެމީގައި މާލެ ނުކުންނާނީ ތުލުސްދޫއާ ދެކޮޅަށެވެ.

މަރުހަބާ ކަޕްގެ ކުއާޓާ ފައިނަލް ފުރަތަމަ ހީޓުގައި ވާދަކުރީ ތުލުސްދޫ، މ.މުލި އަދި ރަސްމާދޫ އެވެ. މި ހީޓު 30.35 ގެ ސްކޯއަކުން ކާމިޔާބުކުރީ ތުލުސްދޫ އެވެ. ތުލުސްދޫ ޓީމްގައި ހިމެނެނީ މުހައްމަދު އިނާން، ހަސަން ނާސިހު، އާދަމް މުއީން އިބްރާހިމް އަދި އަހުމަދު އާގިލް އެވެ.

ރިފާހު އަހުމަދު، ކަޔާން އަބްދުﷲ އަރީފް، ހުސައިން އަރީފް އަދި އަބްދުﷲ އަރީފް ހިމެނޭ ރަސްމާދޫ ޓީމަށް ލިބުނީ 26.15 ގެ ސްކޯއެކެވެ. 13.35 ގެ ސްކޯއަކާ އެކު ހީޓުން ތިން ވަނައަށް ދިޔަ މުލީ ޓީމްގައި ހިމެނެނީ އިބްރާހިމް ލަތީފް، އަހުމަދު އަރުޒަން، މުހައްމަދު ވިޝާލް އަލީ އަދި އައިހަމް އަދުނާން އެވެ.

ކުއާޓާ ފައިނަލް ދެވަނަ ހީޓު ކާމިޔާބުކުރީ ގައްދޫ ޓީމުންނެވެ. ހޫދު އަހުމަދު، ޖައިލަމް ނިޒާރު، ނަޖާހު މުހައްމަދު އަދި އިސްމާއިލް ރަޝީދު ހިމެނޭ ގައްދޫ ޓީމުން ވަނީ 18.15ގެ ސްކޯއެއް ހޯދާފަ އެވެ.

މި ހީޓުގެ ދެ ވަނައަށް ދިޔައީ 17.80 ސްކޯއަކާއެކު މާލޭ ޓީމެވެ. މި ޓީމްގައި ހިމެނެނީ އިސްމާއިލް މިގްލާލް، ޔަސިން އަހުމަދު ނާޝީދު، މުހައްމަދު ޒަޔާން އަދި ސައްޔިދު ސަލާހުއްދީން އެވެ.

މި ހީޓުން ތިން ވަނައަށް ދިޔައީ ކ.ގުޅި އެވެ. އެ ޓީމަށް ލިބުނީ 13.80ގެ ސްކޯއެކެވެ. މި ޓީމްގައި ހިމެނޭ ސާފަރުންނަކީ އަހުމަދު ނިހާލް، ނޫހު މުހައްމަދު ދުނައިމް އިރުޝާދު، މުހައްމަދު ނިހާން އަދި އިބްރާހިމް އައިމަން އާރިފް އެވެ.

ރަންނަމާރި ޗެލެންޖުގެ ޖޫނިއާ ބަޔަށް ބަލާއިރު، ތިން ވަނަ ބުރުގެ ހީޓުތަކުގައި ވާދަކުރާ ސާފަރުންވަނީ ކަށަވަރުވެފަ އެވެ. މިގޮތުން ތިން ވަނަ ބުރުގެ ހީޓު އެކެއްގައި ވާދަކުރާނީ ކަޔާން އަބްދުﷲ އަރީފް އާއި މުހައްމަދު ޒަޔާން އެވެ. ދެ ވަނަ ހީޓުގައި ވާދަކުރާނީ ނޫހު، އިނާން އަދި ޔޫސުފް ކަޔާން ހަމްދާން ޒަކީ އެވެ. އަދި ތިން ވަނަ ހީޓުގައި ވާދަކުރާނީ ޔަސިން އާއި ސައްޔިދުގެ އިތުރުން އަހުމަދު ނިހާލް އެވެ.

ތިން ވަނަ ބުރުގެ ކޮންމެ ހީޓެއްގެވެސް ގަދަ ދެ ބައިވެރިންނަށް ކުއާޓާ ފައިނަލުން ފުރުސަތު ލިބޭނެ އެވެ.