Advertisement

ގައުމީ ސާފިން ކޯޗަކަށް އިބޫ ހަމަޖައްސައިފި

6 ފެބުރުވަރީ 2024 - 08:02 0

ހުސެއިން އަރީފް (އިބޫ): އޭނާ އަކީ ގައުމީ ސާފިން ކޯޗުކަމަށް ސާފިން އެސޯސިއޭޝަނުން ވަނީ އިއުލާނުކޮށްފައި..--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ގައުމީ ސާފިން ކޯޗަކަށް އިބޫ ހަމަޖައްސައިފި

6 ފެބުރުވަރީ 2024 - 08:02 0

ގައުމީ ސާފިން ޓީމުގެ ކޯޗަކަށް ރާއްޖޭގައި އުފެދުނު އެންމެ ކުޅަދާނަ އެއް ސާފަރު، ހުސެއިން އަރީފް (އިބޫ) ހަމަަޖައްސައިފި އެވެ.

އިބޫ ވަނީ މިދިޔަ އަހަރުގެ ސާފިން ސީޒަނަށް ފަހު، ރިޓަޔާކުރަން ނިންމައިފަ އެެވެ. ގައުމީ ސާފިން ޓީމުން ލިބުނު ފުރުސަތު ވެސް ދޫކޮށްލި އިބޫ މިހާރު މި ވަނީ ބޮޑު ޒިންމާ އަކާ ހަވާލުވެފަ އެވެ.

ގައުމީ ސާފިން ޗެމްޕިއަންކަން، ރެކޯޑް އަށް ފަހަރު ހޯދި އިބޫ، 46، ގައުމީ ސާފިން ކޯޗަކަށް ހަމަޖެއްސުމަށް ފަހު، މޯލްޑިވްސް ސާފިން އެސޯސިއޭޝަނުން ބުނީ، އޭނާ މަގާމުގެ ޒިންމާއާ ވަގުތުން ހަވާލުވާނެ ކަމަށެވެ.

އިބޫ އަށް ލިބިފައިވާ ތަޖުރިބާގެ އަލީގައި ގައުމީ ސާފިން ޓީމަށް ކާމިޔާބު ހޯދައިދެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވެސް އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

އިބޫ އަކީ މިދިޔަ އަހަރުގެ ސާފިން ލީގުގެ ޗެމްޕިއަނެވެ. އިބޫ އަށް އެންމެ ފަހުގެ ގައުމީ މުބާރާތުން ލިބުނީ ތިން ވަނަ އެވެ.


ޖަޕާނުގައި 2019 ވަނަ އަހަރު ބޭއްވި އޭޝިއާގެ ސާފިން މުބާރާތާއި މިދިޔަ އަހަރު އިންޑޮނޭޝިއާގައި ބޭއްވި އޭޝިއާގެ ސާފިން މުބާރާތުން ލޯ މެޑަލް ހޯދި އިބޫ، އަކީ ރާއްޖޭގައި ސާފިން ކުރިއެރުވުމަށް އެތައް ގޮތަކުން މަސައްކަތް ކޮށްފައިވާ އެތުލީޓެކެވެ.

މި އަހަރުގެ ގައުމީ ސާފިން ސީނިއާ ގައުމީ ޓީމުގައި ހިމެނެނީ ނަޖާހު މުހައްމަދު (ކަބޯ)، ހޫދު އަހުމަދު، އަހުމަދު އާގިލް (އައްމަޑޭ)، އިސްމާއިލް ރަޝީދު (ސްމައިލީ)، ހަސަން ނާސިހު (ޗިކާ) އަދި އިސްމާއިލް މިގްލާލް (ކުޑައިއްސެ) އެވެ.

ޖޫނިއާ ގައުމީ ޓީމުގައި ހިމެނޭ 12 އެތުލީޓުންނަކީ، ޝާނިފް ޝަފީގު، އިސްމާއިލް މަދުހު އަހުމަދު، ޖުމާން މުހައްމަދު، މުހައްމަދު ރަޖުވާން، އަހުމަދު ޒަޔާން، ސައްޔިދު ސަލާހުއްދީން އެވެ. މުހައްމަދު އިނާން އަބްދުލް ހަންނާން، ކަޔާން އަބްދުﷲ އަރީފް، ނޫހު މުހައްމަދު ދުނެއިމް، ޔޫސުފް ކަޔާން ހަމްދާން ޒަކީ، ޔަސީން އަހުމަދު ނާޝިދު، އަދި އަހުމަދު އާލް އާދިލް، އެވެ.

އުފަން ރަށް، ރ. ރަސްމާދޫގައި އުމުރުން ހަތް އަހަރު ރާޅާ އަޅަން ފެށި އިބޫ ވަނީ 90 ގެ އަހަރުތަކުގެ ތެރެއިން ފެށިގެން، ސާފިން އަށް ހިދުމަތް ކުރަން ފަށައި، ކްލަބެއްގެ ތެރެއިން މަސައްކަތްކޮށް ފަހުން، ސާފިން އެސޯސިއޭޝަން ވުޖޫދުކުރުމުގައި ވެސް ބައިވެރިވެފަ އެވެ.

ގައުމީ ސާފިން ކޯޗެއްގެ ގޮތުގައި ފަށާ ދަތުރުގައި އިބޫ އަށް ލިބޭނެ އެންމެ ބޮޑު ފަސޭހަ އަކީ، އޭނާ އަށް ލިބިފައިވާ ބައިނަލްއަގުވާމީ ތަޖުރިބާގެ އަލީގައި ކަންކަން ބުނެދިނުމެވެ. އަދި ދިވެހި އެތުލީޓުންނަށް ކުރިއަށްދާން ހުރި ގޮންޖެހުންތަކުގެ ތެރެއިން ހައްލު ހޯދައިގެން ކުރިއަށްދިއުމަށް ބާރު އެޅުމުގައި އިބޫ އަށް ތަފާތު ދެއްކޭނެ އެވެ.