Advertisement

ދުނިޔެ ހޫނުވުން އަވަސްވެ، 2029 ގައި މިހާރަށް ވުރެ 1.5 ޑިގްރީއަށް ފިނިހޫނުމިން މަތިވާނެ: ރިޕޯޓް

31 އޮކްޓޯބަރު 2023 - 09:55 0


ދުނިޔެ ހޫނުވުން އަވަސްވެ، 2029 ގައި މިހާރަށް ވުރެ 1.5 ޑިގްރީއަށް ފިނިހޫނުމިން މަތިވާނެ: ރިޕޯޓް

31 އޮކްޓޯބަރު 2023 - 09:55 0

މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔެ ހޫނުވާ މިންވަރު އަވަސްވެ މިހާރު ހުރި ވަރަށް ވުރެ، 1.5 ޑިގްރީ ސެލްސިއަސް 2029 ވަނަ އަހަރު ފިނިހޫނު،މިން މަތިވާނެ ކަމަށް ސައިންސްވެރިންގެ އާ ދިރާސާ ރިޕޯޓެއްގައި ބުނެފި އެެވެ.

ސައިންސްވެރިން ކުރިން ކުރި ދިރާސާތަކުން ދައްކާފައިވާ ގޮތުގައި އެ ވަރަށް ދުނިޔެ ހޫނުވާނީ 2030 ގެ ފަހުގެ އަހަރުތަކުގެ ތެރޭގަ އެވެ. ނަމަވެސް, އެ މިންވަރު ބޮޑުތަނުން އަވަސްވެފައި މިވަނީ މިދިޔަ ތިން އަހަރުގެ ތެރޭގައި އާދަޔާ ހިލާފަށް ވިހަ ގޭސް ދުނިޔޭގެ ޖައްވަށް ބޭރު ކުރުމެވެ.

މިއަހަރުގެ ޖުލައި މަހަކީ ދުނިޔޭގެ ތާރީހުގައި ވެސް އެންމެ ހޫނުގަދަ މަހެވެ. އެއީ, 1850 ގެ ކުރީގެ އަހަރުތަކުގައި ދުނިޔޭގެ ފިނިހޫނުމިން ހުރި ވަރަށް ވުރެ 1.5 ޑިގްރީ ސެލްސިއަށް އިތުރު މިންވަރެކެވެ.

ޖައްވަށް ބޭރުކުރާ ވިހަ ގޭސް ގިނަވުމުގެ ސަބަބުން ފިނިހޫނުމިން ތިރި ނުވެ އިތުރުވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ސައިންސްވެރިން ހާމަކޮށްފައިވެ އެވެ.

ފިނިހޫނުމިން މިހާރު ހުރި ވަރަށް ވުރެ 1.5 ޑިގްރީ ސެލްސިއަސްއަށް އިތުރު ވިޔަ ނުދިނުމަކީ 2015 ގައި ސޮއިކުރި ޕެރިސް އެގްރީމެންޓުގެ މައިގަނޑު އެއް ބަހާ އެވެ.

އ.ދ ގެ އިންޓަގަވަމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖުން ހާމަކޮށްފައިވާ ގޮތުގައި 1.5 ޑިގްރީ ސެލްސިއަސްއަށް ވުރެ އިތުރު ވިޔަ ނުދިނުމަށް ޖައްވަށް ދެން ބޭރުކުރެވޭނީ 500 ބިލިއަން ޓަނުގެ ވިހަ ގޭހެވެ.

މިހާރު އަހަރެއްގެ މައްޗަށް 40 ބިލިއަން ޓަނުގެ ވިހަ ގޭސް ބޭރުކުރާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.