Advertisement

ހުޅުދުއާއި މިލަންދޫގައި މިސްކިތެއް އިމާރާތްކުރަން ހަވާލުކޮށްފި

30 އޮކްޓޯބަރު 2023 - 19:35 0

ހުޅުދޫއާއި މިލަންދޫގައި މިސްކިތެއް އިމާރާތްކުރަން ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: އިސްލާމިކް މިނިސްޓްރީ


ހުޅުދުއާއި މިލަންދޫގައި މިސްކިތެއް އިމާރާތްކުރަން ހަވާލުކޮށްފި

30 އޮކްޓޯބަރު 2023 - 19:35 0

އައްޑޫ ސިޓީ ހުޅުދޫއާއި ށ. މިލަންދޫގައި މިސްކިތެއް އިމާރާތް ކުރަން ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އެ ކަމަށް ޓަކައި އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އެވެ. މަޝްރޫއުގެ ކޮންޓްރެކްޓަރު އެލްއެފް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޑިރެކްޓަރު އަހުމަދު ފިރާގެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު މިނިސްޓަރު ޒާހިރު ވިދާޅުވީ އެއްބަސްވުމުގައިވާ ގޮތަށް މަޝްރޫއުގެ މަސައްކަތް ނިންމައި މިނިސްޓްރީއާ ހަވާލު ކުރެއްވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށާއި އެ ކަމުގައި މިނިސްޓްރީގެ ފަރާތުން ދޭން ޖެހޭ އެއްބާރުލުން ދެމުން ގެންދާނެ ކަމަށެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އައްޑޫ ސިޓީ ހުޅުދޫގައި އިމާރާތްކުރަނީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އެ މަޝްރޫއުގެ އަގަކީ 17,488,559.49 ރުފިޔާ އެވެ.

މިލަންދޫގައި އިމާރާތްކުރަނީ 700 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އެ މަޝްރޫއުގެ އަގަކީ 15,174,897.40 ރުފިޔާ އެވެ.

ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކޮށްގެން ބިނާކުރާ މި މިސްކިތްތައް 365 ދުވަސް ނުވަތަ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް އެއްބަސްވުމުގައިވެ އެވެ.

މިއީ އަންހެނުންނާއި ފިރިހެނުންނަށް ވެސް ނަމާދު ކުރެވޭ ގޮތަށް ބިނާކުރެވޭ މިސްކިތްތަކެކެވެ.