Advertisement

"ފްރެންޑްސް" ގެ ތަރި މެތިއު ޕެރީ މަރުވެއްޖެ

29 އޮކްޓޯބަރު 2023 - 09:13 0

މެތިއު ޕެރީ.


"ފްރެންޑްސް" ގެ ތަރި މެތިއު ޕެރީ މަރުވެއްޖެ

29 އޮކްޓޯބަރު 2023 - 09:13 0

މުޅި ދުނިޔެއަށް މަޝްހޫރުވި އެމެރިކާގެ ސިޓްކޮމް ސީރީޒް "ފްރެންޑްސް" ގެ ތަރި މެތިއު ޕެރީ އުމުރުން 54 އަހަރުގައި މިއަދު މަރުވެއްޖެ އެވެ.

ލޮސް އެންޖެލިސް ޓައިމްސް އަށް ފުލުހުން ބުނީ މެތިއު މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ލޮސް އެންޖެލްސްގެ ގޭގެ ޓަބެއްގެ ތެރޭގައި ކަމަށެވެ. އޭނާގެ މަރުގައި ޝައްކު ކުރެވޭ ކަމެއް ނެތް ކަމަށް ވެސް ބުންޏެވެ.

މެތިއު މަޝްހޫރުވީ 1994 އިން 2004 އަށް 10 ސީޒަން ނެރުނު ސީރީޒް "ފްރެންޑްސް" ގެ ޗެންދްލާ ބިންގްގެ ގޮތުގަ އެވެ.

އޭނާއަކީ އަހަރުތަކެއް ވަންދެން މަސްތުވާތަކެތި ބޭނުންކުރި މީހެކެވެ. އަދި އެކި ފަހަރު މަތިން އެކަމަށް ފަރުވާ ވެސް ހޯދި އެވެ.

"ފްރެންޑްސް" ގެ އިތުރުން "ފޫލްސް ރަޝް އިން" އާއި "ދަ ހޯލް ނައިން ޔާޑްސް" ފަދަ ފިލްމުތަކުން ވެސް އޭނާ ފެނުނެވެ.