Advertisement

ރަންނަމާރި ޗެލެންޖް: އާޔާ އާއި ނަހާ އަންހެން ޑިވިޝަންގެ ފައިނަލަށް

28 އޮކްޓޯބަރު 2023 - 11:58 0

މިއަހަރު ކުރިއަށްދިޔަ ސާފިން މުބާރާތެއްގައި އާޔާ ރާޅާ އަޅަނީ - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ރަންނަމާރި ޗެލެންޖް: އާޔާ އާއި ނަހާ އަންހެން ޑިވިޝަންގެ ފައިނަލަށް

28 އޮކްޓޯބަރު 2023 - 11:58 0

ގައުމީ ސާފް ލީގުގެ ފަހު މުބާރާތް ކަމަށްވާ ރަންނަމާރި ޗެލެންޖުގެ އަންހެން ޑިވިޝަންގެ ފައިނަލުން އާޔާ ނަސީމް އާއި އައިޝަތު ނަހާ ނަސްރުﷲ ޖާގަ ހޯދައިފި އެވެ.

މިއަދު ފެށި ރަންނަމާރި ޗެލެންޖުގައި މިއަހަރުވެސް ހަ އިވެންޓެއް ކުރިއަށްދާނެ އެވެ. އެއީ ފިރިހެން އޯޕަން، އަންހެން އޯޕަން، ޖޫނިއާ ޑިވިޝަން، މާސްޓާސް، ސްޓޭންޑް އަޕް ޕެޑަލް ސާފިން އަދި ޓީމް އިވެންޓެެވެ.

ރަންނަމާރި ޗެލެންޖުގެ އިވެންޓުތައް ފެށީ އަންހެން ޑިވިޝަނުންނެވެ. އެގޮތުން މި ބައިގެ ފައިނަލުން އާޔާ އާއި ނަހާ ވަނީ ޖާގަ ހޯދާފަ އެވެ. ތިންވަނަ ހޮވާ ހީޓުގައި ވާދަކުރާނީ ޝާޒިޔާ ސައީދު (ޝާޒް) އާއި ރިޝްތާ ސުޖާއު އެވެ.

އަންހެން ބައިގެ ފައިނަލުން އާޔާ ޖާގަ ހޯދީ ޝާޒިޔާގެ މައްޗަށް ކުރި ހޯދައިގެންނެވެ. 6.40 ގެ ސްކޯއެއް އާޔާ ހޯދިއިރު، ޝާޒް އަށް ލިބުނީ 3.44 ގެ ސްކޯއެކެވެ.

އަނެއް ހީޓުގައި ނަހާ ވަނީ 5.00ގެ ސްކޯއެއް ހޯދައިގެން ރިޝްތާ ބަލިކޮށްފަ އެވެ. ރިޝްތާއަށް ދެ ރާޅުން ލިބުނީ 2.36ގެ ސްކޯއެކެވެ.

ގައުމީ މުބާރާތުގައި އަންހެން ޑިވިޝަން ހިމަނާފައިވަނީ 2021ވަނަ އަހަރުގަ އެވެ. 2021 އަދި 2022 ގައިވެސް ގައުމީ ޗެމްޕިއަންކަން ހޯދީ އާޔާ ނަސީމް އެވެ. އޭނާ ވަނީ މިއަހަރު ކ. ތުލުސްދޫގައި އޮތް އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ވެސް ވާދަކޮށްފަ އެވެ.

ރަންނަމާރި ޗެލެންޖުގައި މިއަދު މެންދުރު ފަހު ކުރިއަށްދާނީ މާސްޓާސް ޑިވިޝަނެވެ. މާސްޓާސް ޑިވިޝަންގައި މިއަހަރު 16 އެތުލީޓަކު ވާދަކުރެ އެވެ.

ޖޫނިއާ ބައިގައި 11 އެތުލީޓުން ވާދަކުރާއިރު، ފިރިހެން އޯޕަން ބައިގައި 28 ރާޅާ އެޅުންތެރިން ވާދަކުރާނެ އެވެ. ޓީމް އިވެންޓު ކަމަށްވާ މަރުހަބާ ކަޕްގައި މިފަހަރު ވާދަކުރަނީ ހަ ޓީމަކުންނެވެ. އެއީ ރ. ރަސްމާދޫ، ކ. ތުލުސްދޫ، މ. މުލި، ގދ. ގައްދޫ، ކ. މާލެ އަދި ކ. ގުޅި އެވެ.