Advertisement

މީހަކު ރަހީނުކޮށް އަނިޔާކުރުމުގެ ތުހުމަތުގައި ބިދޭސީއަކު ބަންދަށް

28 އޮކްޓޯބަރު 2023 - 09:28 0

ކްރިމިނަލް ކޯޓު އިމާރާތް: މީހަކު ރަހީނުކޮށް އަނިޔާ ކުރުމުގެ މައްސަލައެއްގައި ބިދޭސީއަކު ބަންދުކޮށްފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


މީހަކު ރަހީނުކޮށް އަނިޔާކުރުމުގެ ތުހުމަތުގައި ބިދޭސީއަކު ބަންދަށް

28 އޮކްޓޯބަރު 2023 - 09:28 0

މީހަކު ރަހީނުކޮށް އަނިޔާ ކުރުމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށް 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝް މީހެއް ކަމަށްވާ މުހައްމަދު އާރިފް ހޮސައިން، 37 އ، އެވެ.

އެއީ ސައްހަ ލިޔެކިޔުންތައް ނެތި ރާއްޖޭގައި އުޅޭ މީހެއް ކަމަށް ކޯޓު އަމުރުގައި ބުނެ އެވެ. އަދި، އޭނާ ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރަށް ފިލައިގެން ދިޔުމުގެ އިހުތިމާލު ވެސް އެބަ އޮތް ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެ އެވެ.

ކޯޓު އަމުރުގައި ބުނާ ގޮތުން އޭނާއާއި އަދި އިތުރު ބަޔަކު ވެގެން، މީހަކު ރަހީނުކޮށް އަނިޔާވެރި އަމަލުތަކެއް ހިންގާ މަންޒަރު ފެންނަ ވީޑިއޯ ފުޓޭޖެއް ފުލުހުން ވަނީ ހެކީގެ ގޮތުގައި ކޯޓަށް ހުށަހަޅައިފަ އެވެ.