Advertisement

ސަޕްލިމެންޓަރީ ބަޖެޓުގެ 93 އިންސަައްތަ ފަންޑު ކުރަނީ ދަރަނިން

24 އޮކްޓޯބަރު 2023 - 07:36 0

އަމަން ހަލީމް

އ

Advertisement

ފިނޭންސް މިނިސްޓްރީ އާއި ދައުލަތުގެ ޓެކްސް އިދާރާ، މީރާ ހުންނަ އިމާރާތް: ސަޕްލިމެންޓަރީ ބަޖެޓުން އެންމެ ބޮޑު ހަރަދެއް ހިނގަނީ ސަބްސިޑީ އާއި އާސަންދައަށް -- އަދަދު ފައިލް ފޮޓޯ


ސަޕްލިމެންޓަރީ ބަޖެޓުގެ 93 އިންސަައްތަ ފަންޑު ކުރަނީ ދަރަނިން

24 އޮކްޓޯބަރު 2023 - 07:36 0

Advertisement

Advertisement

ސަރުކާރުން މި އަހަރުގެ ބަޖެޓަށް އިތުރުކުރަން ހުށަހަޅާފައިވާ ސަޕްލިމެންޓަރީ 93 އިންސައްތަ ހޯދަނީ ދަރަންޏަށް ފައިސާ ނަގައިގެން ކަމަށް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ބަޖެޓު ތަފްސީލުތަކުން އެނގިއްޖެ އެވެ.

ސަޕްލިމެންޓަރީ ބަޖެޓުގެ ގޮތުގައި މަޖިލީހަށް ހުށަހަޅާފައި ވަނީ 6.5 ބިލިއަން ރުފިޔާ އެވެ. މިއީ މި އަހަރަށް ފާސްކުރި 42.8 ބިލިއަން ރުފިޔާގެ ޖުމްލަ ބަޖެޓަށް އިތުރު ކުރަން ހުށަހަޅާފައިވާ ފައިސާ އެވެ. ބަޖެޓަށް އިތުރުކުރަން ހުށަހަޅާފައިވާ އަދަދަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި ނަމަ މި އަހަރުގެ ޖުމްލަ ބަޖެޓު 49.3 ބިލިއަން ރުފިޔާއަށް އަރާނެ އެވެ.

Advertisement

ފިނޭންސުގެ ސަޕްލިމެންޓަރީ ބަޖެޓު އަންދާޒާތަކުން ދައްކާ ގޮތުގައި ބަޖެޓަށް އިތުރުކުރާ ފައިސާގެ ތެރެއިން 6.1 ބިލިއަން ރުފިޔާ ހޯދަނީ ދަރަންޏަށް ނަގާ ފައިސާއިންނެވެ. އެއީ:

  • ބޭރުގެ ފަރާތްތަކުން ލޯނުގެ ގޮތުގައި ލިބޭ - 1.1 ބިލިއަން ރުފިޔާ
  • ބަޖެޓު ސަޕޯޓު ލޯނު - 3.0 ބިލިއަން ރުފިޔާ
  • ރާއްޖޭގެ ފަރާތްތަކުން ޑޮމެސްޓިކް ސެކިއުރިޓީޒް އަދި ލޯނު ފަދަ ތަކެތިން - 1.9 ބިލިއަން ރުފިޔާ

ބަޖެޓު ހަމަޖައްސަން މި މިންވަރަށް ފައިސާ ހޯދަން ޖެހެނީ ހަރަދު ބޮޑުވި ނަމަވެސް އާމްދަނީ އިތުރު ނުވާތީ އެވެ.

Advertisement

އެގޮތުން މި އަހަރަށް ފާސްކުރި ބަޖެޓުގައި އަންދާޒާ ކުރީ 32 ބިލިއަން ރުފިޔާ އާމްދަނީއަށް ލިބޭނެ ކަމަށެވެ. އަދި ސަޕްލިމެންޓަރީ ބަޖެޓުގައި ވަނީ އާމްދަނީގެ އަންދާޒާތައް މުރާޖާކޮށް 399 މިލިއަން ރުފިޔާ އިތުރަށް ލިބޭނެ ކަމަށެވެ. މިހާރު ފިނޭންސުން ލަފާ ކުރަނީ މި އަހަރުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 32.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ.

ސަޕްލިމެންޓަރީ ބަޖެޓާ އެކީ، ފިނޭންސުން އަންދާޒާ ކުރަނީ، 14.7 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ. މީގެ ތެރެއަށް ލޯނު އަނބުރާ ދައްކަން ހަރަދުވާ 3.4 ބިލިއަން ރުފިޔާ އިތުރު ކުރުމުން ދަރަންޏަށް ނަގާ ފައިސާއިން ކުރާ ހަރަދު 17 ބިލިއަން ރުފިޔާއަށް އަރަ އެވެ.

ސަޕްލިމެންޓަރީ ބަޖެޓާ އެކު ޑެފިސިޓް 17 ބިލިއަން ރުފިޔާއަށް

ފިނޭންސުން އަންދާޒާ ކުރަނީ މި އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 32 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް. އެހެންކަމުން މިހާރު ސަޕްލިމެންޓް ކުރާ އަދަދާ އެކު ބަޖެޓު ޑެފިސިޓް 17.2 ބިލިއަން ރުފިޔާއަށް އަރާނެ.

ސަޕްލިމެންޓަރީ ބަޖެޓާ އެކު ޑެފިސިޓް 17 ބިލިއަން ރުފިޔާއަށް

ފިނޭންސުން އަންދާޒާ ކުރަނީ މި އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 32 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް. އެހެންކަމުން މިހާރު ސަޕްލިމެންޓް ކުރާ އަދަދާ އެކު ބަޖެޓު ޑެފިސިޓް 17.2 ބިލިއަން ރުފިޔާއަށް އަރާނެ.

ފިނޭންސުން ނެރުނު ނޫސް ބަޔާނުގައި ބުނި ގޮތުގައި މި ބަޖެޓުން މައިގަނޑު ގޮތެއްގައި ހަރަދު ކުރުމަށް ކަނޑައެޅިފައި ވަނީ ޕީއެސްއައިޕީ އާއި އާސަންދަ އާއި ސަބްސިޑީޓަކަށް ކުރާ ހަރަދުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޫކުރާ ކެޕިޓަލް ކޮންޓްރިބިއުޝަނަށެވެ.