24 އޮކްޓޯބަރު 2023 - 11:38 0
މަރިޔަމް އަފާ ނިޒާމް
ވޯލްޑް އޮފް ޓޫމޯރޯ އިން ވިލާ ނޯޓިކާގައި ބޭއްވާ ފުރަތަމަ އިވެންޓް ސީރީޒްގެ އިފްތިތާހީ އިވެންޓް-- ފޮޓޯ: ވިލާ
24 އޮކްޓޯބަރު 2023 - 11:38 0
އިންޓަނޭޝަނަލް ކޯޗިން ފެޑެރޭޝަން (އައިސީއެފް) އާއި ގުޅިގެން ވޯލްޑް އޮފް ޓޫމޯރޯ އިން ވިލާ ނޯޓިކާގައި ބޭއްވާ ފުރަތަމަ އިވެންޓް ސީރީޒްގެ އިފްތިތާހީ އިވެންޓް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރުގެ ތަފާތު ފަންތީގެ ޕްރޮފެޝަނަލުންނަށް ފަރުމާކޮށްފައިވާ, މި އިވެންޓަކީ ދުނިޔޭގައި ކޯޗިން ތަރައްގީވަމުން އަންނަ ގޮތްތަކަށް ހާއްސަކޮށްގެން ބާއްވާފައިވާ އިވެންޓެކެވެ. ޖުމްލަ 212 މީހުން ބައިވެރިވި މި އިވެންޓުގައި ކޯޗިން އާއި ގުޅޭ ތަފާތު އެކި މައުލޫމާތު ބައިވެރިންނަށް ލިބިގެންދިޔައެވެ.
މި އިވެންޓާއި މެދު ބައިވެރިން ވަނީ ވަރަށް ބޮޑަށް ހިތްހަމަޖެހިފަ އެވެ. އެ ގޮތުން ރޮބަޓް ގާސިއާ ފަދަ ތަޖުރިބާކާރެއްގެ މާސްޓަކްލާސް އެއްގައި ބައިވެރިވުމަކީ ކޯޗިން އަށް ލޯ ހުޅުވާލި ކަމެކަމަށާއި، އިންޓަރެކްޓިވް ގޮތަކަށް މާސްޓަކްލާހެއް ކުރިއަށް ގެންދިއުމަކީ ކޮންސެޕްޓްތައް ނަގައިގަންނަން ފަސޭހަވާކަމެއް ކަމުގައި ބައިވެރިން ފާހަގަކުރެ އެވެ.
"ވޯލްޑް އޮފް ޓުމޯރޯގެ ނެޓްވޯކިން ސެޝަންގެ ސަބަބުން އެކި ދާއިރާތަކުގެ ޕްރޮފެޝަނަލުންނާ ވާހަކަ ދައްކާލުމުގެ ފުރުސަތު ލިބުނު. މި އިވެންޓު ނިމިގެން ދިޔަ އިރު ޕްރޮފެޝަނަލް ނެޓްވޯކް ފުޅާވެ، ކޯޗިންއާއި ބެހޭ އެތަކެއް މައުލޫމާތު ވަނީ ދަސްވެފައި،" އިވެންޓުގެ ބައިވެރިއެއް ފާހަގަކުރި އެވެ.
އިވެންޓުގެ ބައިވެރިން އިތުރަށް ފާހަގަކުރި ގޮތުގައި އައިސީއެފްގެ ނައިބު ރައީސް ރޮބަޓް ގާސިއާ "ދަ ފިއުޗާ ލޭންޑްސްކޭޕް އޮފް ކޯޗިން އިން އޮގަނައިޒޭޝަންސް" ގެ ނަމުގައި ލީޑް ކުރި މާސްޓަކްލާސް ހިންގާފައިވަނީ ވަރަށް ޝައުގުވެރި ގޮތަކަށެވެ. މި މާސްޓަރކްލާހުގައި ލެކްޗާ ސްޓައިލް ފޯމެޓް ގެ ބަދަލުގައި ބައިވެރިންނާއި އެކު މަޝްވަރާކޮށް، މައުލޫއަށް ވާހަކަ ދެއްކުމުގެ ފުރުސަތުތައް ލިބުނެވެ.
އެގޮތުން މި މާސްޓަކްލާހުން ލިބުނު ތަޖުރިބާގެ އަލީގައި ގިނަ ބައިވެރިންނަށް ކުންފުނީގެ މާހައުލުގައި ކޯޗިން ތައާރަފް ކުރެވޭނެ ކަމުގެ ޔަގީންކަން ލިބިގެންދިޔަ އެވެ.
މި އިވެންޓުގައި ކުރިއަށް ގެންދިޔަ ނެޓްވޯކިން ސެޝަންގައި ބައިވެރިންނަށް އެކި ސިނާއަތްތައް ތަމްސީލުކުރާ ޕްރޮފެޝަނަލުންނާ ބައްދަލުވެ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ވެސް ލިބުނެވެ.
ވޯލްޑް އޮފް ޓޫމޯރޯއިން ބުނީ މި އިފްތިތާހީ އިވެންޓަށް ބައިވެރިންގެ ފަރާތުން ލިބުނު ތަރުހީބުން މި އިވެންޓް ސީރީޒްގެ ކާމިޔާބީ ފާހަގަކޮށް، މާދަމާގެ ލީޑަރުން ބައްޓަން ކުރުމަށް އެންމެ ޒަމާނީ އިލްމާއި އިނޮވޭޝަން ފޯރުކޮށްދިނުމަށް ބޭނުންވާކަމަށެވެ.
މި އިވެންޓާ ބެހޭ އިތުރު މައުލޫމާތު ވޯލްޑް އޮފް ޓުމޯރޯގެ ވެބްސައިޓުން ލިބޭނެ އެވެ.
Comment