23 އޮކްޓޯބަރު 2023 - 14:59 1
އާމިނަތު ނިއުޝާ
23 އޮކްޓޯބަރު 2023 - 14:59 1
ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ގިނަ ލިޔެކިޔުންތަކެއް ނައްތައިލި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ކުށްވެރިކޮށްފި އެވެ.
އެފްއެސްއެމްގެ ކިޔުންތަކެއް ސިމެންތި ގަށާ މެޝިނަކަށް އަޅައިގެން ފުނޑުކުރާ ވިޑީއޯއެއް ލީކުކޮށްލާފައި ވާއިރު، ސޯޝަލް މީޑިއާގައި އާއްމުން ގެންދަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ.
އޭސީސީން ނެރުނު ބަޔާނުގައި ބުނީ އެފަދަ ލިޔެކިޔުންތައް ބަދަލުކުރުމާއި، ނައްތައިލުން އަދި ފޮރުވުން ފަދަ ކަންކަމަކީ އެ ކޮމިޝަނުން ހިންގާ ތަހުގީގުތަކަށް ހުރަސް އެޅޭނެ ކަމަކަށް ވާތީ އެފަދަ ކަންކަން ހުއްޓާލުމަށް އަންގާ ކަމަށެވެ.
އަދި އެފްއެސްއެމްއިން ލިއެކިއުންތައް ނައްތާލި މައްސަލަ އެ ކޮމިޝަނުގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކޮށް އެކަން ހުއްޓުވައިދިނުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގައި އެދިފައިވާނެކަމަށްް ވެސް އޭސީސީން ބުނެ އެވެ.
އެފަދަ ކަންކަމުން ދުރުހެލިވުމަށާއި ނަޒާހާތްތެރިކަން އިސްކުރުމަށް އެދި އޭސީސީއިން ވަނީ އެފަދަ ކަމެއް އެއްވެސް އިދާރާއަކުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ކުރާނަމަ އެކަމުގެ ތަފްސީލީ މައުލޫމާތު ހިއްސާކުރުމަށް އެދިފަ އެވެ.
މި މައްސަލަ އޭސީސީން ކުއްވެރިކޮށްފައިވާއިރު، އެފްއެސްއެމް އިން ބުނީ އަންދާލީ ގިނަ ދުވަސްވެފައިވާ ކަރުދާސްތަކެއް ކަމަށެވެ.
"މި ކުންފުނީގެ މުހިންމު ލިޔެކިޔުންތަކެއް ނައްތާލަމުންދާ މަންޒަރު ފެންނަކަމަށް ތުހުމަތުކޮށް މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ، ގިނަ އަހަރުތަކެއް ވަންދެން ގުދަން ކުރެވިފައިހުރި، އަދި މިހާރު އެއްވެސް ގޮތަކުން ކުންފުންޏަށް ބޭނުންވާނޭ ފަދަ ލިޔެކިއުންތަކެއް ނޫން،"އެ ކުންފުނިން ބުންޏެވެ.
ހަގީގަތް އޮޅޭ ގޮތަށް ވީޑިއޯ ނަގައި ދައުރު ކުރަނީ އާންމުންނަށާއި ކަސްޓަމަރުންގެ މެދުގައި ކުންފުންޏާމެދު ނުރަނގަޅު ތަސައްވުރެއް އުފެއްދުމުގެ ބޭނުމުގައި ކަމަށްވެސް ބުންޏެވެ. އެކުންފުނިން ވަނީ ވީޑިއޯ ނެގި މުވައްޒަފަކު ސަސްޕެންޑު ވެސްކޮށްފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment