Advertisement

މަކުނުދޫގައި މަރުވި މީހުންގެ ހަށިގަނޑު އިތުރަށް ތަހުލީލުކުރަން މާލެ ގެންނަނީ

22 އޮކްޓޯބަރު 2023 - 13:19 0

ހދ. މަކުނުދޫގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ދެ މީހުން؛ ދެ މީހުންގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ފަށައިފި


މަކުނުދޫގައި މަރުވި މީހުންގެ ހަށިގަނޑު އިތުރަށް ތަހުލީލުކުރަން މާލެ ގެންނަނީ

22 އޮކްޓޯބަރު 2023 - 13:19 0

ހދ. މަކުނުދޫ ބަނދަރު ސަރަހައްދުގައި ގޭސް ސިލެންޑަރެއް ގޮވައި އިއްޔެ ހިނގި ހާދިސާގައި މަރުވި ދެ މީހުންގެ ހަށިގަނޑު ތަހުލީލު ކުރުމަށް މާލެ ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.

އިއްޔެގެ ހާދިސާގައި މަރުވީ މަކުނުދޫ އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރަން ކުރިއަށްގެންދާ މަޝްރޫއުގައި މަސައްކަތްކުރާ ދެ ބިދޭސީ ފިރިހެނުންނެވެ. އެއީ އިންޑިއާގެ ދެ ރައްޔިތުން ކަމުގައިވާ، މުހައްމަދު ރާޖާ އަންސާރީ, 27, އަދި ސުދީރާ ސެތީ, 25, އެވެ.

ފުލުހުން މިއަދު ބުނީ ހަށިގަނޑުގެ ބައިތައް އެއްކޮށް، އިތުރު ތަހުލީލުތައް ކުރުމަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހަށިގަނޑު އާއިލާއާ ހަވާލުކުރަން އިންޑިއާއަށް ފޮނުވަން އެދިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. އެ ސުވާލު ކުރުމުން ފުލުހުން ބުނީ އެމީހުންގެ ހަށިގަނޑާމެދު ދެން އަމަލު ކުރާނެ ގޮތެއް ނިންމާނީ ކުރަން ޖެހޭ ތަހުލީލުތަކަށް ފަހު ކަމަށެވެ.

މަންޒަރު ދުށް މީހަކު ބުނި ގޮތުގައި އޭގެ ތެރެއިން އެކަކުގެ ބޯ ވެސް އޮތީ ހަށިގަނޑާ ވަކިވެފައި ކަމަށާއި އަނެއް މީހާއަށް ވެސް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ. އަދި, ގޮވުމުގެ ބާރު ގަދަވުމުގެ ސަބަބުން އެ މީހުންގެ ހަށިގަނޑުގެ ބައިތައް 200 ފޫޓަށް ވުރެ ދުރަށް ބުރައިގެން ގޮސްފައި ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެ ހާދިސާގެ ފޮޓޯތަކުން އެނގޭ ގޮތުގައި މިއީ ވަރަށް ބާރުގަދަ ގޮވުމެކެވެ. އެ ސަރަހައްދުގައި ހުރި އިމާރާތެއްގެ ސީލިން ހަލާކުވެ ބިއްލޫރިތައް ތަޅައިގެން ގޮސްފައިވާއިރު ކައިރީގައި ހުރި ބައެއް ވެހިކަލްތަކަށް ވެސް ގެއްލުން ލިބިފައިވެ އެވެ. އަދި ފަޅުގައި އޮތް ދޯންޏެއްގެ ބިއްލޫރިތައް ވެސް ތަޅައިގެން ގޮސްފައިވެ އެވެ.

މި ހާދިސާއާ ގުޅިގެން މަކުނުދޫ އެއާޕޯޓަށް ބިން ހިއްކުމުގެ މަސައްކަތް ވެސް މިހާރު ވަނީ މަޑުޖައްސާލައިފަ އެވެ.