Advertisement

މިދިޔަ ސެޕްޓެމްބަރު މަހު 131 ކައިވެނި އަދި 97 ވަރި

22 އޮކްޓޯބަރު 2023 - 12:08 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް


މިދިޔަ ސެޕްޓެމްބަރު މަހު 131 ކައިވެނި އަދި 97 ވަރި

22 އޮކްޓޯބަރު 2023 - 12:08 0

ނިމިދިޔަ ސެޕްޓެމްބަރު މަހު ފެމިލީ ކޯޓުން 131 ކައިވެންޏާއި 97 ވަރި ކޮށްދީފައިވާކަން އެ ކޯޓުން ހާމަކޮށްފި އެވެ.

މި އަހަރުގެ މިހާތަނަށް ވަރީގެ މައްސަލަތައް އެންމެ މަދު އަދި ކައިވެނި އެންމެ ގިނައީ ޖުލައި މަހުގަ އެވެ.

  • ޖެނުއަރީ: ކައިވެނި - 195 ވަރި - 127
  • ފެބްރުއަރީ: ކައިވެނި -178 ވަރި - 98
  • މާޗް: ކައިވެނި - 245 ވަރި - 115
  • އޭޕްރީލް: ކައިވެނި - 114 ވަރި - 76
  • މެއި: ކައިވެނި - 185 ވަރި - 132
  • ޖޫން: ކައިވެނި - 254 ވަރި - 79
  • ޖުލައި: ކައިވެނި - 281 ވަރި - 55
  • އޮގަސްޓް: ކައިވެނި - 171 ވަރި - 132
  • ސެޕްޓެމްބަރު: ކައިވނި - 131 ވަރި - 97

ފެމިލީ ކޯޓުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައި އެނގޭ ގޮތުން މިދިޔަ މަހުއެ ކޯޓުން ވަނީ 152 މައްސަލައެއް ނިންމާފަ އެވެ.

ފެމިލީ ކޯޓުން ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުން ސެޕްޓެމްބަރު މަހު އެ ކޯޓުން ވަނީ ވަރީގެ 123 މައްސަލައަކާއި ހަރަދުގެ ތިން މައްސަލައެއް އަދި އާއިލީ އެހެނިހެން 11 މައްސަލައެއް ނިންމާފަ އެވެ. އަދި ކުޑަކުދިންނާއި ގުޅޭ ހަތް މައްސަލައިގެ އިތުރުން ގެވެށި އަނިޔާއާ ގުޅޭ އަށް މައްސަލައެއް ވެސް ފެމިލީ ކޯޓުން ވަނީ މިދިޔަ މަހު ނިންމާފަ އެވެ.

މިދިޔަ މަހު ފެމިލީ ކޯޓަށް ހުށަހެޅި ގެވެށި އަނިޔާގެ މައްސަލަތަކުގެ 71 ޕަސަންޓު މައްސަލަތަކަކީ އަންހެނުން ހުށަހެޅި މައްސަލަތަކެވެ. އެގޮތުން، އޮކްޓޫބަރު މަހު ނުނިމި ހުރި ގެވެށި އަނިޔާގެ އަށް މައްސަލައާއި، ސެޕްޓެމްބަރު މަސް ނިމުނުއިރު، ހަތް މައްސަލައެއް ނުނިމި ހުއްޓެވެ. އަދި ގެވެށި އަނިޔާގެ އެއް މައްސަލަ ބާތިލް ކޮށްފައިވާއިރު، ހަތް މައްސަލައަކާއި ގުޅިގެން ފެމިލީ ކޯޓުން ވަނީ ރައްކާތެރިކަމުގެ އަވަސް އަމުރު ނެރެފަ އެވެ.